17 Mar 2019, 10:24
ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗަށް 34 ރެޖިސްޓާޑް ނަރުހުން ހޯދުމަށް އިއުލާން ކޮށްފި އެވެ.
އެ މަގާމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ނާސިންގްގެ ދާއިރާއިން ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން ހިމެނެ އެވެ.
އިއުލާންކުރި ނަރުހުންގެ މުސާރައެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ -/9060 އާއި -/9210 އާއި ދެމެދު އެވެ. އަދި ނިކުންނަ ކޮންމެ ދުވަހަކަށް ސާވިސް އެލަވަންސްގެ ގޮތުގައި -/188 ރުފިޔާ ވަނީ ކަނޑާއަޅާފަ އެވެ.
އައިޖީއެމްއެޗުން ބުނީ ނަރުހުންގެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 25ގެ ކުރިން ވަޒީފާއަށް އެދޭ ފޯމާއި އެހެނިހެން ލިޔުންތައް އެ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާއަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
ވަޒީފާއަށް އެދި ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ތައުލީމާއި ތަޖުރިބާއަށް ބަލައި އެނެމް މަތިން މާކްސް ލިބޭ 340 ފަރާތް، އިންޓަވިއު އަށް ސޯޓް ލިސްޓް ކުރާނެ ކަމަށް އައިޖީއެމްއެޗުން ބުނެ އެވެ.