ކުރިއަށް އޮތް ރިޔާސީ އިންތިހާބްގައި އެމްޑީޕީއަށް މެޖޯރިޓީ ނުލިބިއްޖެނަމަ އަނެއްކާވެސް އިދިކޮޅު ފަރާތްތަކުން ބަޣާވާތްކޮށްފާނެކަމުގެ ބިރު އެބައޮތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާލުވެއްޖެއެެވެ.

އަންނަ މަހު ހަވަނަ ދުވަހު ބާއްވާ މަޖިލިސް އިންތިހާބްގައި ރައީސް ސޯލިހް ނިސްބަތްވާ އެމްޑީޕީން ހުރިހާ ގޮނޑިއަކަށް ދަނީ ވާދަކުރަމުންނެވެ. އަދި އެކަމާ ގުޅިގެން ކޯލިޝަން ސަރުކާރުގައި ހިމެނޭ ޖުމްހޫރީ ޕާޓީއާ އެމްޑީޕީއާ ވަރަށް ބޮޑަށް ގުޅުން ވަނީ ގޯސްވެފައެވެ. އަދި ޖޭޕީން ވަނީ ޕީޕީއެމް އަދި ޕީޕީއެމްއާ ގުޅިގެން މަޖިލިސް އިންތިހާބަށް ވާދަކުރުމަށް ނިންމައިފައެވެ.

ނ. ވެލިދޫ ދާއިރާއަށް ވާދާކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓްގެ ކެމްޕޭންއަށް އެރަށަށް ވަޑައިގެން ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ މަޖިލީހުގައި ތިބެން ޖެހޭނީ އެޖެންޑާ 19 އަށް ތާއިދުކުރާ މީހުން ކަމަށެވެ. އެހެން ނޫންނަމަ ކުރިންވެސް ކަންތައްވިހެން ސަރުކާރު ހުއްޓި ވައުދުތައް ނުފުއްދި ބޮޑު ބަޣާވާތަަކާ ދިމާއަށް މިސްރާބްޖަހާތަން ފެނިގެން ހިނގައިދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ސޯލިހް ނ. ވެލިދޫ ރައްޔިތުންނާ ބައްދަލުކުރައްވަނީ--- ފޮޓޯ: ޓުވިޓާ

"ދެވަނަ ފަހަރަށް އެކަހަލަ ކަމެއް ރައްޔިތުން އިންތިހާބުކޮށްފައި އޮތް ވެރިކަމަކަށް ކުރިމަތިލާންޖެހުމަކީ މިގައުމު އެތައް އަހަރަކަށް ފަހަތަށް ޖެހިގެންދާނެކަމެއް. އެހެންކަމުން ތިބޭފުޅުން ވިސްނާވަޑައިގެން ކުރިޔަތް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަޅުގަނޑުމެން މިވީ ވައުދުތައް ފުއްދުމަށްޓަކައި އަޅުގަނޑުމެންގެ ސިޔާސަތުތައް ގަބޫލުކުރާ މެމްބަރުން ހޮވުމަކީ ވަރަށް މުހިންމު ކަމެއް،" ރައީސް ސޯލިހު ވިދާޅުވިއެވެ.

ދެ ހާސް ބާރަަ ވަނަ އަހަރު އޭރު ވެރިކަން ކުރަމުން ދިޔަ އެމްޑީޕީ ސަރުކާރު ވެއްޓުނީ އެ ދުވަސްކުރި ވަރުގަދަ މުޒާހަރާތަކާ ގުޅިގެން ރައީސް ނަޝީދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެމްޑީޕީން އޭރުވެސް މިޖާރުވެސް ބުނަމުންދަނީ، އެ ވެރިކަން ވައްޓާލީ ބަޣާވާތަކުން ކަމަށެވެ. ނަމަވެސް އޭރު އެކަން ތަހުގީގްކުރުމަށް އުފެއްދި ރިޔާސީ ކޮމިޝަނުން ވަނީ އެއީ ބަޣާވާތެއް ނޫން ކަަމަށް ނިންމައިފައެވެ.