16 Mar 2019, 22:49
މާލޭގައި، ކާރެއްގެ ތެރެއިން މަސްތުވާތަކެއްޗާއެކު ތިން ބިދޭސީން ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވީ ކާރެއްގެ ތެރޭ މަސްތުވާތަކެތި ބޭނުންކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ ކާރު ހުއްޓުވާ ބެލިއިރު ފަހަތު ސީޓުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ރަބަރު ޕެކެޓެއް ފެނުނު ކަމަށެވެ.
އަދި އެ ކާރުގައި ތިބި ތިން ބިދޭސީން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކުރީ 21،25 އަދި 28 އަހަރުގެ ބަންގުލަދޭޝް މީހުން ތަކެއް ކަމަށެވެ.
ފުލުހުން ބުނީ އެ މައުލޫމާތުތައް ލިބިގެން އެ މީހުން ހައްޔަރުކޮށްފައިވަނީ މިރޭ އަށެއް ޖެހި އިރު ކަމަށެވެ.
ބިދޭސީން ތަކެއް ހައްޔަރުކުރި ނަމަވެސް، އެ ކާރުގެ ވެރި ފަރާތުގެ މައުލޫމާތެއް ފުލުހުން ނުދެއެވެ.