ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއަކީ ދޮންބަންޑާރައިންނާއި ބޮޑުތަކުރުފާނު ފަދައިން ރައްޔިތުން ދެކެ ލޯބިވާ ލީޑަރެއްކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު ނިހާން ހުސެއިން މަނިކް ވިދާޅުވެއްޖެއެވެ.

ނިހާން ވިދާޅުވީ ގާސިމްއަކީ ދޮންބަންޑާރައިންނާއި ބޮޑު ތަކުރުފާނު ފަދަ ލީޑަރެއް ކަމަށް އެ ޕާޓީގެ ކައުންސިލް މެމްބަރުންނަށް ނޭނގެނީނަމަ ދެން އެކަމާ ބުނާނެ އެއްޗެއް ނެތް ކަމަށެވެ.

ނިހާން އިތުރަށް ވިދާޅުވީ ވަޒީރުކަމާ މެމްބަރުކަން ބޭނުންވުމުން ކޮންމެ މީހަކަށްވެސް ގާސިމްވަރެއް ނޯންނަ ކަމަށާއި އެހެން ނަމަވެސް އެއަށްފަހު މަގާމު ލިބުމުން ގާސިމް މަތިން ހަނދާން ނެތޭ މައްސަލައަކީ ގައުމީ ފެންވަރުގައި ބަލަން ޖެހޭ މައްސަލައެއް ކަމަށެވެ.

ނިހާން އެހެން ވިދާޅުވިއިރު ގާސިމްއާ ޖޭޕީގެެ އިސްވެރިންނާ ވަނީ ވަރަށް ބޮޑު ކޯޅުމެއް އުފެދިފައެވެ.

ހުޅުމާލެ ދާއިރާއަށް އެމްޑީޕީ ޓިކެޓުގައި ވާދަކުރާ އެޕާޓީގެ ޑެޕިއުޓީ ޗެއާ އަލީ ނިޔާޒުގެ ކެމްޕޭން ޖަލްސާގައި، އެ ޕާޓީގެ ކުރީގެ ޗެއާޕާސަން އަދި މިހާރު ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރު ބަދަލުކުރުމަށް އޭރުގެ އިދިކޮޅު ކޯލިޝަނުގެ ބައިވެރިން ކުރި އިހުލާސްތެރި މަސައްކަތްތައް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ގަބޫލުނުކުރެވޭނަމަ އެ ޕާޓީގައި ހުންނަން ބޭނުންފުޅު ނުވާކަމަށެވެ.

އަދި ގާސިމް އޭނާއަށް އިތުބާރު ނުކުރައްވާނަމަވެސް ޕާޓީގައި ހުންނަން ބޭނުން ނުވަކަމަށް ޓޫރިޒަމް މިނިސްޓަރު ވިދާޅުވިއެވެ. އަދި ރައީސް ސޯލިހާއި އެމަނިކުފާނުގެ ސަރުކާރުގެ އިތުބާރުވެސް އޭނާއަށް ނެތްނަމަ މިނިސްޓަރުގެ މަގާމުގައި ނުހުންނަވާނެކަމަށް ވިދާޅުވިއެވެ.

އަދި ޖޭޕީގެ ޓިކެޓްގައި އިންތިހާބުވި ނާއިބް ރައީސް ފައިސަަލް ނަސީމްވެސް މިހާރު ދަނީ އެމްޑީޕީގެ ފަރާތުން މަޖިލިސް އިންތިހާބްގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ތާއިދުކޮށް ކެމްޕޭންތަކުގައި ބައިވެރިވަމުންނެވެެ.

އިސްލާހާ ދެކޮޅަށް މަސައްކަތްކޮށް ރައްޔިތުންނަށް އަނިޔާކޮށް ރައްޔިތުންނަށް އުނދަގޫކޮށް ހައްގުތައް ގެއްލުވާލި މީހުންނަށް މާފު ކުރުމެއް ނެތް ކަމަށް ނައިބު ރައީސް ފައިސަލް ވަނީ ދިވާޅުވެފައެވެ. އަދި ހަމަ އެމޭރުމުން ގާސިމްގެ އަނިބކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަރު ނަހުލޭވެސް ވިދާާޅުވީ އަނިޔާވެރިންނަށް މާފުކުރުމެއްނެތް ކަމަށެވެ.

ގާސިމްއާ އެމްޑީޕީއާ މައްސަލަ ޖެހުނޫ މަޖިލިސް އިންތިހާބަށް އެމްޑީޕީން ހުރިހާ ދާއިރާއަކަށް ވާދަ ކުރަން ނިންމުމުންނެވެ. ނަމަވެސް އޭގެ ކުރިން އެއްބަސްވެފައި އޮތީ ކޯލިޝަންގެ ތެރެއިން ދެ ޕާޓީންވެސް ވަކި ވަކި ދާއިރާތަކަށް ވާދަކުރުމަށެވެ.