13 Oct 2011, 19:45
ޗައިނާ އަންހެނެއްގެ ފައިސާ ދަބަސް ދާދި ދެންމެއަކު ފެރިގެންފި އެވެ.
ހެންވޭރު ކަށިމާ ހިނގުމުގައި ހުންނަ މާޑު ގަރައިޖު ކައިރިން ފައިސާ ދަބަސް ފޭރި ގަތީ މިރޭ 7:15 އެހާކަންހާއިރު އެ ސަރައްދުންދުން ސައިކަލުގައި ދިޔަ ގްރޫޕްކުންނެވެ.
އެ ސަރަހައްދުގައި ހުރި މީހަކު ބުނީ ޗައިނާގެ ތިން އަންހެނުން ދިޔައީ މާޑު ގަރާޖު ކައިރިން ކަމަށާއި ދަބަސް ފޭރިގަތީ ސައިކަލެއްގައި ދިޔަ ދެމީހުން ކަމަށެވެ. އަދި ބުނީ ފައިސާ ދަބަސް ޖަހައިގަތީ ސައިކަލުގެ ފަހަތުގައި އިން މީހާ ކަމަށެވެ.
"އެކުދިން ބުނަނީ ގިނަ އަދަދެއްގެ ފައިސާ ހުންނާނޭ، އަދަދެއް ނުބުނޭ،" މަންޒަރު ދުށް އެމީހާ ބުންޏެވެ.
ޗައިނާގެ އަންހެން ކުދިންނާ ހަވާލާދީ އެ ސަރަހައްދުގައި ހުރި ސަންގެ ނޫސްވެރިޔާ ބުނީ އެމީހުންނަކީ މާލޭގައި އޮތް ކޮންފަރެންސެއްގައި ބައިވެރިވުމަށް އައިސް ތިބި ބައެއް ކަމަށާއި އެމީހުން އަތުން ފޭރިގަތް 1000 ޑޮލަރަކީ އެމީހުން ތިބޭ ހޮޓަލަށް ދައްކަން ޖެހޭ ފައިސާ ކަމަށެވެ. އެމީހުން ތިބެނީ ކޮން ހޮޓަލެއްގައި ކަމެއް ވެސް އެމީހުން އައިސް އުޅެނީ ކޮންކަހަލަ ކޮންފަރެންސެއްގައި ކަމެއް ވެސް ނުބުނެ އެވެ.
އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާއިރު، ފުލުހުން ބުނީ އެ ސަރަހައްދުގައި ފޭރުމުގެ ހާދިސާއެއް އުޅޭ ކަމުގެ މައުލޫމާތު ލިބުމުން ބަލަމުން އަންނަ ކަމަށެވެ.