ފާއިތުވި ފެބްރުއަރީ މަހު ރާއްޖެއަށް އެތެރެކުރި މުދަލަށް ވުރެ ރާއްޖެއިން ބޭރަށް އެކްސްޕޯޓުކުރި މުދާ އިތުރުވެއްޖެ އެވެ.

ކަސްޓަމްސް އިން އާންމު ކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާ އިރު މި އަހަރުގެ ފެބްރުއަރީ މަހު ރާއްޖެއަށް އެތެރެކޮށްފައި ވަނީ 3.5 ބިލިއަން ރުފިޔާގެ މުދަލެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެތެރެކޮށްފައި ވަނީ 3.8 ބިލިއަން ރުފިޔާގެ މުދަލެވެ.

މިއަހަރުގެ ފެބްރުއަރީ މަހު ރާއްޖެ އިން އެކްސްޕޯޓުކޮށްފައި ވަނީ 264 މިލިޔަން ރުފިޔާގެ މުދަލެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި އެކްސްޕޯޓުކޮށްފައި ވަނީ 228 މިލިއަން ރުފިޔާގެ މުދަލެވެ.

ފެެބްރުއަރީ މަހު ކަސްޓަމްސް ޑިއުޓީގެ ގޮތުގައި ލިބުނު އާމްދަނީ 240 މިލިއަން ރުފިޔާ އަށް އަރަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނީ 254 މިލިއަން ރުފިޔާ އެވެ.

މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އިމްޕޯޓު ކޮށްފައިވަނީ ޔޫއޭއީ، ސިންގަޕޫރު، ޗައިނާ، އިންޑިއާ އަދި މެލޭޝިއާ އިންނެވެ.

ފެބްރުއަރީ މަހު ރާއްޖޭގައި އުފައްދާ ތަކެތި އެންމެ ގިނައިން އެކްސްޕޯޓު ކޮށްފައި ވަނީ ތައިލެންޑާއި، ޖަރުމަނު، ފްރާންސް، އިނގިރޭސިވިލާތް އަދި އެމެރިކާ އަށެވެ.