15 Mar 2019, 18:49
ތ. ގުރައިދޫގައި މޫދަށް އެރި އުޅުނު މީހަކު އޮޔާ ދަނިކޮށް ސަލާމަތްކޮށްފިއެވެ.
ފުލުހުން ބުނީ އެރަށު ރަށުފަންނާ ދިމާލުން ސ-ީބެޑެއްގައި ބެހެމުން ދިޔަ އަންހެނަކު ކަނޑުމަތީން އޮޔާ ދާކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުނު ކަމަށާއި، އެ އަންހެން މީހާ ސަލާމަތްކުރުމަށް ފުލުހުން އެހީތެރިކަން ފޯރުކޮށްދީ އޭނާ ސަލާމަތް ކޮށްދީފައިވާނެ ކަމަށެވެ.
ފުލުހުން އެ އަންހެންމީހާ ސަލާމަތްކޮށްފައިވަނީ އޮޔާގޮސް ކަނޑުމަތީ އޮއްވައެވެ.
އެ ހާދިސާގެ ރިޕޯޓު ލިބުނީ މިއަދު 10:13 ގައި ކަމަށާއި ހާދިސާގައި އޮޔާ ދިޔައީ 19 އަހަރުގެ އަންހެނެއް ކަމަށްވެސް ފުލުހުން ބުންޏެވެ.