15 Mar 2019, 15:00
ނިއުޒީލެންޑްގެ ކްރައިސްޓްޗާޗުގެ ދެ މިސްކިތެއްގައި ހުކުރަށް ގޮސް ތިއްބައި ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު 49 އަކަށް އަރައިފިއެވެ.
ނިއުޒީލެންޑްގެ ބޮޑުވަޒީރު ޖަކިންޑާ އާޑަން ވިދާޅުވީ މިއީ އެގަމުގެ ތާރިޙުގައިވެސް އައި ވަރަށް ބޮޑު ކަޅު ދުވަހެއް ކަމަށާއި އަދި މިއީ ވަރަށް ބޮޑަށް ރާވައިގެން ދިން ހަމަލާއެއް ކަމަށް ބެލެވޭ ކަަމަށެވެ. އޭނާ ވިދާޅުވީ އެ ހަމަލާ ދިން ކަމަށް ބެލެވޭ މީހުން ބޭނުންކުރި ދުއްވާ އުޅަނދުތަކުގައި ގޮވާތަކެތިވެސް ހަރުކޮށްފައި ހުރި ކަމަށާއި އަދި އެ އެއްޗެތި މިހާރު ނުގޮވާ ގޮތް ހަދައިފައިވާ ކަމަށެވެ.
އެ ހަމަލާ ދީފައިވަނީ ކްރައިސްޓް ޗާޗުގައި ދެ މިސްކިތެއް ކަމަށްވާ ލިން ވުޑް މަސްޖިދު އަދި އަލް ނޫރު މަސްޖިދުގައެވެ.
ނިއުޒީލެންޑްގެ ޓީވީގެ ރިޕޯޓަރެއް ކަމަށްވާ ސޭމް ކްލާކް އެ މަންޒަރު ދުށް މީހަކާ ހަވާލާދީ ބުނީ އެ ހަމަލާ ދިން އެކަކު ހުރީ ހެލްމެޓް އަޅައިގެން ކަޅު ހެދުމެއް ލައިގެން ކަމަށެވެ. އަދި އޭނާ އެ ހަމަލާ ދިނީ މެޝިން ބަޑިއެއް ބޭނުންކޮށްގެން ކަމަށްވެސް ބުންޏެވެ. މަސްޖިދުލް ނޫރުން އެކަނިވެސް 30 މީހުން މަރުވެފައިވެއެވެ.
Two mosques attacked in New Zealand by gunmen with 'a number of fatalities' as police arrest four suspects - 3 men and a woman.
Follow live updates:https://t.co/jkZit8sVOp
More on the story:https://t.co/Gdd9rC12X9pic.twitter.com/DEgcLmrbQY— Al Jazeera English (@AJEnglish)March 15, 2019
ކްލާކް ވިދާޅުވީ އެ ހަމަލާއިން ސަލާމަތް ވުމަށް ބައެއް މީހުން ކުޑަދޮރުންނާއި ދޮރުން ނިކުންނަން މަސައްކަތް ކުރި ކަމަށެވެ. އަދި އެ މީހުންގެ ގަޔަށްވެސް ވަޒަން އަރާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ނިއުޒީލެންޑްގެ ފުލުހުން މިހާރު ވަނީ ކްރައިސްޓް ޗާޗުގެ ބޮޑު ބައެއް ބަންދުވެސް ކޮށްފައެވެ. އަދި މިހާރު ހާލަތު ހުރި ގޮތުން މިސްކިތްތަކަށް މުސްލިމުން ނުދިއުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
އެ ހަމަލާގައި ހަތަރު މީހުން ހައްޔަރުކޮށްފައިވާއިރު އޭގެ ތެރޭގައި އަންހެނަކުވެސް ހިމެނެއެވެ.