ލ. އަތޮޅުގެ ބައެއް ރަށްތަކުން ތެޔޮ ހުސްވެ، ކަރަންޓަށް ޖެހިފައި ވަނިކޮށް ފިއުލް ސަޕްލައި އޮފް މޯލްޑިވްސް އިން ލ. އަތޮޅަށް ފަސް ލައްކަ ލީޓަރަށް ވުރެ ގިނަ ތެޔޮ ގެންގޮސްފި އެވެ.

އަތޮޅުތަކަށް ތެޔޮ ސަޕްލައި ކޮށްދެމުން އަންނަ ފިއުލް ސަޕްލައި އޮފް މޯލްޑިވްސް (އެފްއެސްއެމް) އިން 550000 ލީޓަރުގެ ތެޔޮ ލ. އަތޮޅަށް ގެންދިުޔައީ މިއަދު އެވެ. ތެޔޮ ސަޕްލައިކޮށް އެފްއެސްއެމް އިން ވަނީ ލ. އަތޮޅުގެ އެކުންފުނީގެ ކަސްޓަމަރުންނަށް ޑީސަލާއި ޕެޓްރޯލް ފޯރުކޮށްދީފަ އެވެ.

ފިއުލް ސަޕްލައި އޮފް މޯލްޑިވްސް އިން ލ. އަތޮޅަށް ތެޔޮ ފޯރުކޮށްދެނީ ޔޫޓިލިޓީސް ކުންފުނީގެ އިތުރުން ބައެއް ފިހާރަތަކަށެވެ.

ލ. އަތޮޅުގެ ބައެއް އިންޖީނުގެތަކުން ތެޔޮ ހުސްވެގެން އިއްޔެ އެ އަތޮޅު މާބައިދޫ އާއި ފޮނަދޫން ވަނީ ކަރަންޓް ވެސް ކަނޑާލައިފަ އެވެ.