13 Mar 2019, 20:43
ރާއްޖޭގައި ހިނގާ އެކި އެކި ހާދިސާތަކުގައި މަރުވާ މީހުންގެ ހަށިގަނޑުތަކާމެދު އަމަލުކުރާނެ އުސޫލުތަކެއް ކަނޑައަޅުމާ ބެހޭގޮތުން މަޝްވަރާކޮށްފިއެވެ.
ރާއްޖޭގައި އިންސާނީ ފޮރެންސިކްސްގެ ދާއިރާގައި ހުރި ގޮންޖެހުންތަކާއި އެ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވެންހުރި މަސައްކަތްތަކާ ބެހޭގޮތުން ފޮރެންސިކް ސްޓޭކް ހޯލްޑާ މީޓިންގްގެ ނަމުގައި ސެމިނާއެއްވެސް ވަނީ ބާއްވައިފައެވެ.
ދެ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ އެ ސެމިނާ ނިންމުމަށް މިއަދު ބޭއްްވި ރަސްމިއްޔާތުގައި މީޑިއާއަށް މައުލޫމާތު ދެއްވަމުން އެސިސްޓެންސް ޕޮލިސް ކޮމިޝަނަރު އަބްދުﷲ އަހްމަދު ވިދާޅުވީ ރާއްޖޭގައި ދިވެހިން ނޫނަސް ބޭރުގެ މީހުންވެސް މަރުވާ ކަމަށާއި އަދި އެމީހުން "އެމްބާމްކުރުން" ފަދަ ހިދުމަތްތަކަކީ ރާއްޖޭގައި ގާއިމްވެފައި ހުރި ހިދުމަތްތަކެއް ނޫން ކަމަށެވެ.
އެމްބާމްކުރުމަކީ މަރުވަމުމަށްފަހު ހަށިގަނޑު އެއްތަނުން އަނެއްތަކަށް އުފުލުމަށްޓަކައި ބައިނަލްއަގުވާމީ މިންގަނޑުތަަކަށް ހަށިގަނޑުގައި ހުންނަ ލެޔާއި ގޭހާއި އެއްޗެތި ނެރެ ވަކި ގޮތަކަށް ބަންދުކޮށް ހެދުމެވެ.
އޭނާ ވިދާޅުވީ ރާއްޖޭގައި ގިނަ އަދަދެއްގެ ބަޔަކު މަރުވެއްޖެނަމަ އެމީހުން ރައްކާތެރިކޮށް ބެލެހެއްޓޭނެ ނިޒާމެއް ގާއިމްކުރަން ޖެހޭ ކަމަށެވެ.
"ކާރިސާއެއް އައިސްގެން ގިނަ ބަޔަކު މަރުވެއްޖިއްޔާ އެމީހުން އައިޑެންޓިފައި ކުރުމަށް މިކިޔަނީ ޑިޒާސްޓާ ވިކްޓިމް އައިޑެންޓިފިކޭޝަންވެސް މިއީވެސް އަޅުގަނޑުމެން ބަހުސްކުރި މައުލޫއެއް. އެހެންވީމާ ފުދޭވަރަކަށް ގިނަ މައުލޫތަަކަށް ވާހަކަދެކެވިގެން މިކަންތައްތައް ހާސިލްކުރުމަށްޓަކައ މީގެ ތެރޭގައި އަޅުގަނޑުމެން އެންމެންނަށް ގަބޫލުކުރެވޭ ދިވެހިރާއްޖެއަށް ފެތޭ ރަނގަޅު ނިޒާމެއް ގާއިމްކުރަން މަޝްވަރާކޮށްފަ ހާސިލްކުރަން ބޭނުންވާ އެކްޝަން ޕްލޭންްއެއް އަޅުގަނޑުމެން މި ހަދާލީ. އެހެންވީމާ އެ ޕްލޭންގެ މައްޗަށް ކުރިއަށް އޮތް ތަނުގައި މުވައްސަސާތަކުން މަސައްކަތްކުރާނީ" އޭނާ ވިދާޅުވިއެވެ.