13 Mar 2019, 18:20
މާލޭގައި ޕާކްކުރަން އުޅުނު ޓެކްސީއެއްގެ ފުރޮޅު އަރައި މަގުހުރަސް ކުރަން އުޅުނު މީހެއްގެ ކަނާތު ފައިގެ އިނގިއްޔެއްގެ ބައެއް ވަކިވެއްޖެއެވެ.
ފުލުހުން ބުނީ އެ ހާދިސާ ހިނގާފައި ވަނީ މިއަދު މެންދުރުފަހު 15:40 އެހައިކަންހާއިރު ބޭންކް އޮފް ސިލޯން ކައިރިން ކަމަށެވެ.
މަގު ހުރަސްކުރަން އުޅެނިކޮށް އިނގިލީގެ ބައެއް ވަކިވި މީހަކީ 48 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނިގޮތުގައި، އެމީހާއަށް އޭޑީކޭ ހޮސްޕިޓަލްގައި އަންނަނީ ފަރުވާދެމުންނެވެ.
އެ ޓެކްސީ ދުއްވީ ލައިސަންސް އޮންނަ ޓެކްސީ ދުއްވުން ހުއްދަ މީހެއް ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.