ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހް އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް އިސްމާއީލް ހަބީބު އަބްދުއްރަޙީމް މިއަދު ޢައްޔަން ކުރައްވައިފިއެވެ.

މިއަދު އެ ކޮމިޝަންގެ މެމްބަރުކަމަށް ހަބީބު އައްޔަން ކުރެއްވީ ދެވަނަ ދައުރަކަށެވެ.

މިއަދު މެންދުރުުފަހު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އެ މަގާމަށް އައްޔަނުކުރެއްވި ލިޔުން ވަނީ ހަވާލުކޮށްފައެވެ.

އަދި އެ ރަސްމިއްޔާތުގައި ހަބީބް ވަނީ ރައީސް ސޯލިހް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުލްގަނީ މުހައްމަދުގެ ކުރިމަތީގައި ހުވާ ކުރައްވައި އިގްރާރްގައި ސޮއިކުރައްވައިފައެވެ.

އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމްގެ މެންބަރުކަމުގެ ދައުރު ހަމަވެފައިވަނީ މިއަދަށެވެ.