13 Mar 2019, 17:27
ނަމޫނާ ތިން ޒުވާނަކަށް އެވޯޑެއް ރަފީ އެންޖީއޯއިން ދީފިއެވެ.
އެ އެވޯޑް ލިބުނީ ފިލްމީތަރި އައިމިނަތު ރިޝްފާ، ފިލްމީތަރި/ޕްރޮޑިއުސަރު އަހްމަދު ޒިޔާ އަދި ކޮމިޝަނާ އޮފް ލިޓްލް މެއިޑް އަދި ގާލްގައިޑްގެ އެކްސްކޯ މެންބަރު އައިޝަތު ތޯއިފާއަށެވެ.

އެވޯޑް ލިބުނު ޒިޔާ--
ޒުވާނުންނަށް ނަމޫނާއެއްގެ ގޮތުގައި އެ ތިން ފަރާތް ހޮވައި އެ ފަރާތްތަކަށް އެވޯޑެއް ދިނުމުގެ މަގްސަދަކީ މިއަދުގެ ޒުވާން ޖީލަށް ނަމޫނާއެއްގެ ގޮތަށް މަސައްކަތް ކުރުމުން އެކަން ފާހަގަކުރުމަށް ކަމަށް ރަފީއިން ބުނެއެވެ.

އެވޯޑް ލިބުނު ރިޝްފާ---
އަދި އެ ތިން ފަރާތް ވަނީ ޒުވާނުންނާ އެކީ ވަގުތުކޮޅެއް ހޭދަކޮށްފައެވެ. އަދި އެ ފަރާތްތަކުގެ ވާހަކަ ޒުވާނުންނާ ހިއްސާކޮށްފައެވެ.