12 Mar 2019, 14:34
ރާއްޖޭގައި އިންސާނީ ފޮރެންސިކްސްގެ ދާއިރާގައި ހުރި ގޮންޖެހުންތަކާއި އެ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވެންހުރި މަސައްކަތްތަކާ ބެހޭގޮތުން ފޮރެންސިކް ސްޓޭކް ހޯލްޑާ މީޓިންގްގެ ނަމުގައި ސެމިނާއެއް މިއަދު ފަށައިފިއެވެ.
އެ ކޮންފަރެންސް މިއަދު އިފްތިތާހް ކުރުމަށް ފުލުހުންގެ އިސްކަންދަރުކޮށީގެ މަލްޓިޕާޕަސް ހޯލްގައި ވަނީ ހާއްސަ ރަސްމިއްޔާތެއްވެސް ބާއްވައިފައެވެ.

ފޮރެންސިކް ސްޓޭކް ހޯލްޑާ މީޓިންގް ސެމިނާގެ ތެރެއިން-- ސަން ފޮޓޯ: މުހައްމަދު އަވުޝަން އިލްޔާސް
މާދަމާގެ ނިޔަަލަށް ކުރިއަށްދާ އެ ސެމިނާގައި 47 ބައިވެރިން ބައިވެރިވާ ކަމަށް ފުލުހުން ބުންޏެވެ. އޭގެ ތެރޭގައި އެމްއެންޑީއެފް އަދި ދިވެހި ރެޑް ކްރެސެންޓް، މިނިސްޓްރީ އޮފް ހެލްތު، ޓޫރިޒަމް މިނިސްޓްރީ، ހޯމް މިނިސްޓްރީ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، މާލޭ ސިޓީ ކައުންސިލް، އެޓާނީ ޖެނެރަލް އޮފީސް، މޯލްޑިވްސް ނެޝަަނަލް ޔުނިވާސިޓީ، މޯލްޑިވްސް ކަސްޓަމްސް ސާވިސް އަދި ވޮޔޭޖަސް މޯލްޑިްވސް ޕްރައިވެޓް ލިމިޓެޑްގެ ބޭފުޅުން ބައިވެރިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މަރުގެ މައްސަލަތަކުގައި ފުލުހުންނާއި، ރެޑް ކްރެސެންޓާއި، ހެލްތް މިނިސްޓްރީ އަދި އިސްލާމިކް މިނިސްޓްރީން އަދާކުރާ ދައުރާއި މިހާރު ރާއްޖޭގެ ފޮރެންސިކް ދާއިރާ އޮތް ހާލަތާއި، މިދާއިރާ އިތުރަށް ހަރުދަނާކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާ ބެހޭގޮތުން އެ ސެމިނާގައި މަޝްވަރާ ކުރެވިގެންދާނެ ކަމަށެވެ.