12 Mar 2019, 13:36
މާލޭގެ ގެއެއް ބަލައިފާސްކޮށް، މަސްތުވާތަކެއްޗާއެކު 13 މީހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މިއީ ކޯޓު އަމުރެއްގެ ދަށުން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް އިން ހިންގި އޮޕަރޭޝަނެއް ކަމަށެވެ.
ފުލުހުން ބުނީ އެ އޮޕަރޭޝަން ހިންގީ އެ މުވައްސަސާގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ ކަމަށެވެ.
ފުލުހުން ބުނީ އެ އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 46 އަހަރުގެ މީހަކާއި 38 އަހަރުގެ މީހަކާއި 37 އަހަރުގެ މީހަކާއި 34 އަހަރުގެ މީހަކާއި 28 އަހަރުގެ މީހަކާއި 27 އަހަރުގެ މީހަކާއި 26 އަހަރުގެ ދެ މީހުންނާއި 23 އަހަރުގެ މީހަކާއި 18 އަހަރުގެ މީހެއް ކަމަށެވެ.
އަދި އެ މައްސަލައިގައި 36 އަހަރުގެ ބަންގްލަދޭޝް މީހަކާއި 33 އަހަރުގެ ދިވެހި އަންހެނަކާއި 28 އަހަރުގެ ދިވެހި އަންހެނެއްވެސް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ އޮޕަރޭޝަންގައި އެގެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 31 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް އިން މިހާރު އިތުރަށް ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.