ސަަރުކާރުގެ ބޭނުމަކަަށް 15 ކާރު ބޭނުންވެގެން އެ ކާރުތައް ސަޕްލައިކޮށްދޭން ފަރާތެއް ހޯދަން އިއުލާންކޮށްފިއެވެ.

ސަރުކާރުން މިހާތަނަށް ކާރުތައް ދެމުންގެންދިޔައީ ސަރުކާރުގެ ވަރަށް އިސް ބޭފުޅުންނަށް އެކަންޏެވެ. އޭގެ ތެރޭގައި މިނިސްޓަރުންނާއި އެކި އެކި މިނިވަން މުވައްސަސާތަކުގެ އިސް ބޭޅުން ހިމެނެއެވެ.

ފިނޭންސް މިނިސްޓްރީން ކުރި އިއުލާންއެއްގައި ބުނީ އެ ބީލަމުގައި ބައިވެރިވުމަށް 1500 ރުފިޔާގެ ނޮންރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެ ކަމަށެވެ.

އަދި އެ ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި ބީލަން ހުޅުވާތާ 148 ދުވަހުގެ ތެރޭގައި އެއް ލައްކަ އެމެރިކާ ޑޮލަރު ބަހައްޓަން ޖެހޭނެ ކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުންޏެވެ

ފިނޭންސް މިނިސްޓްރީން ބުނީ އެކަމަށް ހުށަހަޅަން ޖެހޭ ބީލަންތައް ހުޅުވުން އޮންވާނީ މިމަހުގެ 21 ވަނަ ދުވަހު ކަމަށެވެ.