12 Mar 2019, 11:08
ހުޅުމާލޭގައި ވޭންއަކާއި ކެރޭންއެއް ޖެހި އެކްސިޑެންޓް ވެއްޖެއެވެ.
ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވީ އެ ހާދިސާ ހިނގީ މިއަދު ހެނދުނު 08:30 ގައި ކަމަށެވެ.
އެ ހާދިސާ ހިނގީ ހުޅުމާލޭގެ ރީތިގަސްމަގުގެ ހަތަރު އަނގޮޅި ކަންމަތިން ކަމަށްވެސް ފުލުހުން ބުންޏެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށާއި އަދި އެ ހާދިސާގައި ވެހިކަލްތަކަށް ލިބުނު ގެއްލުނު މިހާރު ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
އެ ތަނުގައި ފުލުހުން މިހާރުވެސް ދަނީ ހަރަކާތްތެރި ވަމުންނެވެ.
ހުޅުމާލޭގައި މިއަދު އެކްސިޑެންޓްއެއް ހިނގިއިރު ތ. ތިމަރަފުށީގައި ވޭންއަކުން ޖެހިގެން އަންހެނަކަށް މިހާރުވެސް ދަނީ ފަރުވާ ދެމުންނެވެ.