ތ. ތިމަރަފުށީގައި ދުއްވާފައި ދިޔަ ވޭނަކުން ޖެހި 52 އަހަރުގެ އަނިޔާވެގެން ފަރުވާ ދެމުން އެބަދެއެވެ.

ފުލުހުން ބުނީ އެ ހާދިސާ ހިނގައިފައިވަނީ މިއަދު ހެނދުނު 7:45ގައި ކަމަށެވެ.

އެ ހާދިސާ ހިނގީީ އެ ރަށުގެ ހިއްކި ސަރަހައްދުން އެއާޕޯޓަށް ދާން އޮންނަ މަގުގައި އެ އަންހެން މީހާ ހިނގާފައި ދަނިކޮށްކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ހާދިސާގައި އަންހެން މީހާގެ ބޮލުގެ ތިން ތަނުން ފަޅައިގެން ގޮސްފައިވާ ކަމަށެވެ. އަދި އޭނާއަށް ފުރަތަމަ ތިމަރަފުށީ ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހު އެ އަތޮޅުގެ ވޭމަންޑޫ ހޮސްޕިޓަލްއަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

އަދި މިހާރު އޭނާއަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.