ޗަކް ރުސެލް ޑައިރެކްޓްކޮށްފައިވާ ފިލްމު "ޖަންގަލީ" ރިލީޒްކުރާ ތާރީހު އަވަސްކޮށްފިއެވެ.

ކުރިން އެ ފިލްމު ރިލީޒްކުރަން ނިންމާފައިވަނީ އަންނަ މަހުގެ ފަސް ވަނަ ދުވަހުއެވެ. ނަމަވެސް މިހާރު ފިލްމު ޕްރިމިއާކުރާނީ މި މަހުގެ 29 ވަނަ ދުވަހުއެވެ.

ފިލްމު މި މަހު ޕްރިމިއާކުރާނެކަން ކަށަވަރުވެފައިވާއިރު އެ ފިލްމުގެ ޓްރެއިލާވެސް ވަނީ ދައްކާލާފައެވެ.

އެ ފިލްމުގެ ލީޑް ރޯލަކީ ވިދްޔުތްއެވެ. އޭނާ އެ ފިލްމުން ފެނިގެންދަނީ ޖަނަވާރުންގެ ޑަކްޓަރުންގެ ގޮތުގައެވެ.

ބޭރުގެ ޚަބަރުތައް ބުނާގޮތުގައި އެ ފިލްމު ކުޅުމަށް ވިދްޔުތް ވަނީ ވަރަށް ބޮޑެތި ތައްޔާރީތައް ވެފައެވެ. އެގޮތުން ޖަނަވާރުންނާ މުއާމަލާތްކުރުމަށް އޭނާ ވަނީ ފަރިތަކުރުންތަކެއް ހަދާފައެވެ.

ފިލްމުގައި ވިދްޔުތް އާއި އެތަކާ ދެމެދު އޮންނަ ގާތް ރަހުމަތްތެރި ކަމުގެ ގުޅުން ދައްކުވައިދެއެވެ.

އާޝާ ބަޓް، ޕޫޖާ ސާވަންތު އަދި އަތުލް ކުލްކަރްނީ އެ ފިލްމުން ފެނިގެންދާނެއެވެ.