11 Mar 2019, 14:23
ދާދިފަހުން ޓުވިޓާގައި އެންމެ ފޯރީގައި ދެކެވެންފެށި އެއް ވާހަކައަކީ އަލަނާސި ކެއުމުގެ ވާހަކަ އެވެ. ޑެނިސް ނަމަކަށް ކިޔާ ބޭރު މީހެއް ޕޯސްޓްކުރި އަލަނާސި ކާން އިން ވީޑިއޯއެއް ބެލުމަށް ފަހު އަހަރެމެން އެންމެނަށް ވެސް އަވަސްވެގަނެވެނީ އަލަނާސިއެއް ހޯދުމަށެވެ.
ޖުމްލަ 17.6 މިލިއަން ވިއުސް ލިބިފައިވާ މި ވީޑިއޯގައި ފެނިގެންދަނީ އަލަނާސި ކޮށުމުގެ ބަދަލުގައި އަލަނާސި އެތިކޮޅުކޮޅު އަތުން ނައްޓައިގެން ކާތަނެވެ.
Wait, what? The whole time? The whole time!? THE WHOLE TIME!pic.twitter.com/TO9u6M6pOO
— Dennis Naghizadeh (@DenzBenzi)March 8, 2019
މާޗު މަހުގެ 8 ވަނަ ދުވަހު ޑެނިސް ޕޯސްޓްކުރި މި ވީޑިއޯއަށް 8000 އަށް ވުރެ ގިނަ ކޮމެންޓް ލިބިފައިވާ އިރު އެކި މީހުންގެ ޚިޔާލު ތަފާތެވެ. ގިނަ ބަޔަކު މި ވީޑިއޯ ފެނި ހައިރާންވި އިރ،ު އެއްބަޔަކު ބުނާ ގޮތުން މިއީ އެއްގޮތަކަށް ވެސް ކުރެވޭނެ ކަމެއް ނޫނެވެ. އަނެއް ބަޔަކު ދެކޭގޮތުގައި މިގޮތަށް އަލަނާސި އެތިކޮޅުތައް އަތުން ނެއްޓޭނީ ހަމައެެކަނި ވަރަށް ދޮން އަލަނާސިން އެކަންޏެވެ.
އެއްބައި މީހުން މި ވީޑިއޯ ފެނި މިފަދައިން އަލަނާސިކޮޅުތައް ނެއްޓޭތޯ މަސައްކަތްކޮށްފައި ވެސް އެބަހުއްޓެވެ. އެ ވީޑިއޯތައް ވެސް ފެންނަން ހުރި އިރު އެންމެންހެން ބުނެފައި ވަނީ މިއީ އެހާ ފަސޭހަ ކަމެއް ނޫނެވެ.
Saw it yesterday, tried it today... works really well for eating. Thanks for sharing.
Anything for making a juice?pic.twitter.com/1cL989Aror— Uhtred of Bebbanburg (@ThinkersPad)March 10, 2019
މި ވީޑިއޯފެނި އެކި މީހުން ކުރަމުން ދިޔަ ކޮމެންޓްތަކަށް ޖަވާބުދެމުން ޑެނިސް ބުނެފައި ވަނީ ފެންނަ ފެނުމަށް އެހާ ފަސޭހައިން އޭނާ އެކަން ކުރިނަމަވެސް، މިގޮތަށް އަލަނާސި ކޮޅުތައް ނެއްޓުމަށް އޭނާ ވަރަށް ޕްރެކްޓިސްކުރި ކަމަށެވެ.
ކޮންމެއަކަސް، މި ވީޑިއޯއަށް ފަހު ޑެނިސް މިވަނީ ޓްވިޓާގެ އަލަނާސި ރަސްގެފާނަށް ވެފަ އެވެ. އެކަމަކު މިގޮތަށް އަލަނާސި ކެވިދާނެތޯ އަދި ވެސް މިއީ ޖަވާބު ހޯދަން ޖެހިފައި އޮތް ސުވާލެކެވެ.