11 Mar 2019, 09:26
ޑައިވިންއަށް ފޭބި ޖަޕާނުގެ ފަތުރުވެރިއަކު ހާލުދެރަވެގެން މަރުވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، ވ. އަތޮޅުގައި އޮތް ސަފާރީއަކުން ޑައިވިންއަށް ފައިބާ އުޅުނު އުމުރުން 64 އަހަރުގެ ފަތުރުވެރިއަކު ރޭ 21:48 އެހާކަންހާއިރު ހާލުދެރަވެގެން ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ.
އެ މީހާ މަރުވީ ހާލު ދެރަވެގެން ވ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި ކަމަށް އޮފިޝަލު ވިދާޅުވި އެވެ.
އޮފިޝަލު ވިދާޅުވި ގޮތުގައި އެ މީހާގެ ހަށިގަނޑު މިހާރު ވަނީ މާލެ ގެނެސްފަ އެެވެ.
އިއްޔެވެސް މޫދަށް ފައިބައިގެން އުޅުނު ފަތުރުވެރިއަކު ވަނީ މަރުވެފަ އެެވެ. ޗައިނާއަށް ނިސްބަތްވާ އުމުރުން 70 އަހަރުގެ އެ މީހާ މަރުވެފައި ވަނީ އއ. މަޑިވަރު ފިނޮޅު ކައިރިއަށް ފައިބައި އުޅެނިކޮށެވެ.