11 Mar 2019, 08:27
މާލޭ ގެ އެއްގެއްގެ ހަ ވަނަ ބުރިން ވެއްޓި 97 އަހަރުގެ ފިރިހެނަކު މަރުވެއްޖެ އެވެ.
ފުލުހުން މިއަދު ބުނީ އެ މީހާ ވެއްޓިގެން އައިޖީއެމް ހޮސްޕިޓަލަށް ގެެންދިއަ އިރު ވެސް މަރުވެފައިވާ ކަމަށެވެ. އެމީހާ ވެއްޓުނު ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ ރޭ ފަތިހު 4 ޖަހާ އެހާކަންހާއިރު ކަމަށް ފުލުހުން ބުންޏެވެ.
އެ މަރާ ގުޅިގެން ފުލުހުން އިތުރު މައުލޫމާތެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
މީގެ ކުރީންވެސް މާލޭގެ އިމާރާތްތަކުން ވެއްޓި މީހުން މަރުވެފައި ވެއެވެ. މި ގޮތުން ހުޅުމާލޭގައި އިމާރާތް ކުރަމުން އައި އިމާރާތެއްގެ ނުވަ ވަނަ ބުރިން ވެއްޓި ޗައިނާ ރައްޔިތަކު މިމަހު ކުރީކޮޅުގައި ވަނީ މަރުވެފައެވެ.