އެމްޓީސީސީއާއި ޔަންމާ އޭޝިއާ ގުޅިގެން ހއ. އަދި ހދ. އަތޮޅުގައި ޔަންމާ ސާވިސް ކެމްޕޭނުގެ ނަމުގައި ކެމްޕޭނެއް ހިންގައިފިއެވެ.

އެމްޓީސީސީން ބުނި ގޮތުގައި ހުކުރު ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ހއ. އަދި ހދ. އަތޮޅުގައި ފެށި މި ކެމްޕޭނުގެ ދަށުން، ދެ އަތޮޅުގައި ޔަންމާ އިންޖީނު ގެންގުޅޭ އޮޑިވެރިންގެ ގާތަށް އެމްޓީސީސީ އަދި ޔަންމާ އޭޝިއާގެ ޓެކްނިކަލް ޓީމެއް ވަނީ ގޮސްފައެވެ.

އަދި އިންޖީނުތައް ސާވޭކުރުމުގެ އިތުރުން ޔަންމާގެ ޖެނުއިން ސްޕެއާ ޕާޓްސް ބޭނުންކުރުމުގެ މުހިންމުކަން، އެ ޓީމުން ވަނީ އޮޑިވެރިންނާ ހިއްސާކޮށްފައެވެ.

މި ކެމްޕޭނުގައި ސާވޭކުރާ ކޮންމެ އޮޑިއަކަށް ޔަންމާ މެއިންޓެނަންސް ކިޓެއް އެމްޓީސީސީން ވަނީ ހަދިޔާކޮށްފައެވެ.

އެމްޓީސީސީން މީގެ ކުރިންވެސް ވަނީ މާލެއާއި ރާއްޖޭގެ އެކި އަތޮޅުތަކުގައި މަންމާ ސާވިސް ކެމްޕޭން ކުރިއަށް ގެންގޮސްފައެވެ.