10 Mar 2019, 10:34
އެޓްމޮސްފިއާ ހޮޓެލްސް އެންޑް ރިސޯޓްސް އިން ރާއްޖޭގައި ހުޅުވާ އާ ރިސޯޓު "އެޓްމޮސްފިއާ ވަރު" އަންނަ އޮކްޓޯބަރު މަހު ހުޅުވާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެޓްމޮސްފިއާ އިން ބުނީ އެކުންފުނީގެ އާ ރިސޯޓަކީ ދިވެހިވަންތަ ސިފަތައް ހިމަނައިގެން ތަރައްގީކޮށްފައިވާ ފަސްތަރީގެ ރިސޯޓެއް ކަމަށެވެ.
މި ރިސޯޓުގައި 108 ލަކްޒަރީވިލާ ހުންނާނެއެވެ. އެގެ ތެރެއިން 39 ވިލާ އަކީ ބީޗް ވިލާއެވެ. 69 ވިލާ އަކޯ އޯވާ ވޯޓާ ވިލާއެވެ. މި ހުރިހާ ވިލާއެއްގައިވެސް ޕްރައިވެޓް ޕޫލް ހުންނާނެއެވެ.
މި ރިސޯޓަކީ ދިވެހިވަންތަ އެކްސްޕީރިއަންސެއް ކުރުވާނެ ރިސޯޓެއް ކަމަށާއި އެކުންފުނީގެ އިތުރު ރިސޯޓެއް ރާއްޖޭގައި ހުޅުވަނީ ރިސޯޓަށް ޒިޔާރަތްކުރާ ފަތުރުވެރިން ބޭނުންވާފަދަ ލަގްޒަރީ ހިދުމަތްތަކެއް ދިނުމަށް ކަމަށެވެ.
އެޓްމޮސްފިއާއިން މިހާރުވެސް ރާއްޖޭގައި ދަނީ ހަތަރު ރިސޯޓެއް ހިންގަމުންނެވެ. އެއީ އޯބްލޫ ސިލެކްޓް އެޓް ސަންގެލި، އޯބްލޫ ބައި އެޓްމޮސްފިއާ އެޓް ހެލެނގެލި، އޯޒެން ބައި އެޓްމޮސްފިއާ އެޓް މާދޫ އަދި އެޓްމޮސްފިއާ ކަނިފުށި އެވެ.
ވަރު ބައި އެޓްމޮސްފިއާ އަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ސްޕީޑު ލޯންޗުގައި 40 މިނެޓުން ދެވޭ ހިސާބުގައި އޮންނަ ރިސޯޓެކެވެ.