މީގެ ފަނަރަވަރަކަށް އަހަރު ކުރިން ޕްލޭންކޮށްފައިވާ ފިލްމު "ކަލަންކް" ޕްރިމިއާކުރުން އަވަސްކޮށްފިއެވެ.

ކުރިން އެ ފިލްމު އަޅުވަން ނިންމާފައިވާ ތާރީހަކީ އަންނަ މަހުގެ 19 އެވެ. ނަމަވެސް މިހާރު ފިލްމު އަޅުވަން ނިންމާފައިވަނީ އަންނަ މަހުގެ 17 ވަނަ ދުވަހުއެވެ.

ދަރްމާ ޕްރޮޑަކްޝަން އާއި ނަޑިއަވާލާ ގްރޭންޑްސަން އެންޓަޓެއިންމަންޓް އިން ގުޅިގެން ގެނެސްދޭ އެ ފިލްމުގެ ތަރީންގެ ތެރޭގައި ލެޖެންޑް މާދުރީ ދިކްސިޓް، ބަތަލާ ސޮނާކްޝީ ސިންހާ، އާލިއާ ބަޓް، އަތިދްޔާ ރޯއީ ކަޕޫރު ހިމެނެއެވެ. އަދި މީގެ އިތުރުން ބޮލީވުޑްގެ މިހާރު އެންމެ ޑިމާންޑް ބޮޑު ބަތަލު ވަރުން ދަވަންއާއި ސަންޖޭ ދަތު ވެސް އެ ފިލްމުން ފެނިގެންދާނެއެވެ.

އަބީޝޭކް ވަރްމަން ޑައިރެކްޓްކުރާ އެ ފިލްމަކީ ފޮކްސް ސްޓާ ސްޓޫޑިއޯ އިން ގެނެސްދޭ ފިލްމެކެވެ.

"މިއީ 1940ގެ އަހަރުގެ ވާހަކަތަކެއް ކިޔާދޭނެ ފިލްމެއް. މި ފިލްމަކީ ކަރަން ޖޯހަރު އަދި ޔަޝް ޖޯހަރު މީގެ 15 އަހަރު ކުރިން ޕްލޭންކޮށްފައިވާ ފިލްމެއް،"

އެ ފިލްމަކީ 80 ކުރޯޑު ރުޕީސްގެ ބަޖެޓަކުން އުފައްދާފައިވާ ފިލްމެކެވެ.