ކުރިއަށް އޮތް މަޖިލިސް އިންތިހާބްގައި ވާދަކުރާ އިދިކޮޅު ޕީޕީއެމް ކޯލިޝަނުގެ 32 ކެންޑިޑޭޓުންނަށް ތާއިދު ކުރުމަށް ވެރިކަން ކުރާ ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ)އިން ނިންމައިފި އެވެ.

އެކަން އިއުލާން ކުރެއްވީ ޖޭޕީގެ މައި އޮފީސް މ. ކުނޫޒް ގައި މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެވެ.

ޖޭޕީން ތާއިދި ކުރުމަށް ނިންމި ޕީޕީއެމްގެ 32 ކެންޑިޑޭޓުން

  1. މުޙައްމަދު އިސްމާޢީލް (ހޯރަފުށި ދާއިރާ)

  2. އިބްރާހީމް ޝުޖާޢު (ބާރަށު ދާއިރާ)
  3. މުޙައްމަދު ޙަސަން (ދިއްދޫ ދާއިރާ)
  4. ޢަލީ ޢާރިފް (ކެލާ ދާއިރާ)
  5. ޢަބްދުއްރަޙްމާން އިސްމާއީލް (ކުޅުދުއްފުށި ދެކުނު ދާއިރާ)
  6. ޔަޝްފާ ޢަބްދުލްޣަނީ (މަކުނުދޫ ދާއިރާ)
  7. އިބްރާހީމް ރަޝީދު އިދުރީސް (ކޮމަންޑޫ ދާއިރާ)
  8. ޢަލީ ސަލީމް (ފުނަދޫ ދާއިރާ)
  9. ޙުސްނީ މުބާރިކް (މަނަދޫ ދާއިރާ)
  10. އަޙްމަދު ޙުސައިން (އަލިފުށި ދާއިރާ)
  11. މުޙައްމަދު ޢަލީ (ދުވާފަރު ދާއިރާ)
  12. އިބްރާހީމް ފަލާޙް (އިނގުރައިދޫ ދާއިރާ)
  13. މުޙައްމަދު ޢަޠީފް (ތުޅާދޫ ދާއިރާ)
  14. އަޙްމަދު ސަލީމް (އޭދަފުށި ދާއިރާ)
  15. ޢަބްދުﷲ ނާޒިމް އިބްރާހީމް (ހިންނަވަރު ދާއިރާ)
  16. އާދަމް ތައުފީޤު (ކުރެންދޫ ދާއިރާ)
  17. އަޙްމަދު ޞިއްދީޤު (ތުލުސްދޫ ދާއިރާ)
  18. އިބްރާހީމް ރިޒާ (ގުރައިދޫ ދާއިރާ)
  19. އަޙްމަދު ޠާރިޤް (މަހިބަދޫ ދާއިރާ)
  20. އިބްރާހީމް ފަޒުލް ރަޝީދު (ފެލިދޫ ދާއިރާ)
  21. ހީނާ ވަލީދު (ދިއްގަރު ދާއިރާ)
  22. މަރްޔަމް ޖުހައިނާ ޞާދިޤު (މުލަކު ދާއިރާ)
  23. ޢަބްދުﷲ ޚަލީލް (ނިލަންދޫ ދާއިރާ)
  24. އަޙްމަދު ރަޝީދު (ގައްދޫ ދާއިރާ)
  25. ޙަސަން ޚާލިދު (ފުވައްމުލަކު މެދު ދާއިރާ)
  26. މުޙައްމަދު ޖިނާން ޖަލީލް (ހިތަދޫ އުތުރު ދާއިރާ)
  27. މުޙައްމަދު ޝާހިދު (ހުޅުދޫ ދާއިރާ)
  28. ޝެރީނާ ޢަބްދުއްޞަމަދު (މަރަދޫ ދާއިރާ)
  29. އިބްރާހީމް ފައިޞަލް (ހުޅުމާލޭ ދާއިރާ)
  30. ޖަމީލާ ޢަލީ ޚާލިދު (މައްޗަންގޮޅި އުތުރު ދާއިރާ)
  31. ޤީލާ ޢަލީ (މާފަންނު ހުޅަނގު ދާއިރާ)
  32. އަސްމާ ރަޝީދު (މާފަންނު މެދު ދާއިރާ)

ޖޭޕީ އާއި ޕީޕީއެމް ކޯލިޝަނުން 14 ދާއިރާކަށް ކުރިމަތިލާ އިރު ޖޭޕީން އެކަނި 37 ދާއިރާ އަކަށް ވާދަކުރުމަށް ވަނީ މީގެ ކުރިން ނިންމާފަ އެވެ. އަދި ޖޭޕީން ވާދަކުރާ ދާއިރާތަކަށް ޕީޕީއެމުން ވާދަ ކުރި ނަމަވެސް އެ ދާއިރާތަކުން ޖޭޕީން ތާއިދު ކުރާނީ އެ ޕާޓީގެ ކެންޑިޑޭޓުންނަށް ކަމަށް ގާސިމް ފާހަގަ ކުރެއްވި އެވެ.

"އޭގެ ތެރެއިން ވަކި ހިސާބަކަށް ދިޔައީމަ އަޅުގަނޑުމެން ބަލާނީ އަދި އިތުރު މަޝްވަރާތަކެއް ކޮށްގެން ވެސް އެއްބަސްވުމަކަށް އާދެވޭތޯ އެބޭފުޅުން ކެންޑިޑޭޓުން ކެންޑިޑޭޓުންގެ މެދުގައި. އެއީ އަޅުގަނޑުމެން ދެ ޕާޓީއަށް ގޮނޑިތައް ހޯދުމަށްޓަކައި،" ގާސިމް ވިދާޅުވި އެވެ.

އިދިކޮޅު ޕީޕީއެމް ކޯލިޝަނާއި އެކު ގުޅިގެން މަޖިލީހަށް ވާދަކުރަން ޖެހުނީ ސަރުކާރު ކޯލިޝަނުގެ ޕާޓީތަކުން އެއްބަސްވެފައިވާ ގޮތާއި އެމްޑީޕީން ހިލާފްވުމުން ކަމަށް ގާސިމް ފާހަގަކުރެއްވި އެވެ.