14:30


ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އާއި މަޖިލީހުގެ ރައީސް ކަމާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސްކަން އެމްޑީޕީއަށް ހޯދައިދިނުމަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސް އެންޑް ޓްރެޝަރީ އަސްލަމް ޝާކިރު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ކިބައިން އެދިވަޑައިގެންފި އެވެ.


އެމްޑީޕީ ހަރުގޭގައި ރޭ ބޭއްވި އާއްމު ޖަލްސާގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ، ރައްޔިތުން ބޭނުންވާ ކަންތައް އެމްޑީޕީއަށް ކޮށްދެވޭނީ އެ މަގާމުތައް އެމްޑީޕީއަށް ލިބިގެން ކަމަށެވެ. އަދި ރައްޔިތުންނަށްޓަކައި އެމްޑީޕީއަށް ކޮށްދެވޭނެ އެންމެ މުހިއްމު ކަމަކީ އެއީ ކަމަށް ވެސް އަސްލަމް ޝާކިރު ވިދާޅުވި އެވެ.


ޝަރުއީ ނިޒާމަށް ފާޑުވިދާޅުވަމުން އަސްލަމް ވިދާޅުވީ، އެ މަގާމުތައް އެމްޑީޕީއަށް ހޯދައިދޭންޖެހޭ ސަބަބުތަކުގެ ތެރޭގައި ޝަރުއީ ނިޒާމަށް ހެޔޮ ބަދަލު ގެނައުން ހިމެނޭ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ސިވިލް ސާވިސް ކޮމިޝަންގެ ރައީސަކީ، ޖުޑީޝަލް ސާވިސް ކޮމިޝަންގައި ހިމެނޭ ދެ ބޭފުޅުން ކަމަށް ވާތީ އެ މަގާމުތައް ބޭނުންވަނީ ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.