ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް ކެމްޕެއިން ކުރުމަށް އެމްޑީޕީގެ ޗެއާޕާޝަން ހަސަން ލަތީފްގެ ކެމްޕެއިން ޕޯސްޓަރެއް، ފާރުގައި ހަރުކޮށްފައި ހުއްޓާ ވަގަށް ގެންގޮސްފި އެވެ.

އެމްޑީޕީގެ ޑެޕިއުޓީ ސެކްޓްރީ ޖެނަރަލް އަފްޝަން ލަތީފް ވިދާޅުވީ، ހ. ޝޭޑީސައިޑް ގޭ ގެ ފާރުގައި ހަރުކޮށްފައި ހުރި ހަސަން ލަތީފްގެ ބިލް ބޯޑެއް ރޭ ވަގަށް ގެންގޮސްފައިވާ ކަމަށާއި އެ މައްސަލަ މިހާރު ވާނީ ފުލުހުންނަށް ރިޕޯޓް ކޮށްފައި ކަމަށެވެ.

ހަސަން ލަތީފްގެ ބިލް ބޯޑު ވަގަށް ގެންދިޔަ މައްސަލައިގެ އިތުރުން އެމްޑީޕީގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާއަށް ވާދަ ކުރައްވާ މީކާއިލް އަހްމަދު ނަސީމްއަށް މަރުގެ އިންޒާރުދީ، އޭނާގެ ކެމްޕެއިން ޖަގަހައިގެ ބިއްލޫރިގަނޑު ތަޅާލި މައްސަލަ ވެސް އެމްޑީޕީން ވަނީ ފުލުހުންނަށް ހުށަހަޅާފަ އެވެ.