09 Mar 2019, 11:59
މާލޭގެ ގެސްޓުހައުސެއްގެ ކޮޓަރިއަކަށް ވަން މީހަކު ނުނިކުމެ ގިނަ އިރުވުމުން ފުލުހުން ގޮސް ބެލިއިރު އޭނާ މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ގަލޮޅުގައި ހުރި ގެސްޓުހައުސެއްގެ ކޮޓަރިއަކަށް ވަން މީހަކު ނުނިކުމެ ގިނަ އިރުވެގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ރޭ ދަންވަރު 1:57 ގައި ކަމަށެވެ.
ފުލުހުންނަށް ރިޕޯޓު ލިބުމާއު އެކު އެ ގެސްޓްހައުސަށް ގޮސް ބެލި އިރު "ޚަބަރު ހުސްވެފައި" އޮތް އުމުރުން 34 އަހަރުގެ ފިރިހެނަކު އައިޖީއެމްއެޗަށް ގެންދިޔަ ކަމަށް އޮފިޝަލު ވިދާޅުވިއެވެ.
އެ މީހާ ހޮސްޕިޓަލަށް ގެނެދިޔަ އިރުވެސް މަރުވެފައިވާ ކަމަށް އައިޖީއެމްއެޗާއި ހަވާލާދީ ފުލުހުން ބުންޏެވެ. އަދި އޭނާގެ ހަށިގަނޑުގެ ބޭރުން އަނިޔާގެ އެއްވެސް ނިޝާނެއް ފެންނަން ނެތް ކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ.