09 Mar 2019, 11:03
މަޝްހޫރު ވާހަކަ ލިޔުންތެރިޔާ އަނޫޖާ ޗޯހާންގެ ލޯބީގެ ވާހަކަ 'ޒޯޔާ ފެކްޓާ'ގެ މައްޗަށް ހަމަ އެނަމުގައި އުފައްދާ ފިލްމު ރިލީޒްކުރާނެ ތާރީޚު ހާމަކޮށްފި އެވެ.
ބަތަލާ ސޯނަމް ކަޕޫރު އަދި މަލަޔާމަލް އެކްޓަރު ދުލްކޭރު ސަލްމާން ލީޑު ރޯލުން ފެނިގެންދާ އެ ފިލްމު ސްކްރީންތަކަށް އަންނާނީ އަންނަ ޖޫން މަހުގެ 14 ވަނަ ދުވަހު އެވެ. މިއީ ސޯނަމް އާއި ދުލްކޭރު އެކުގައި ފެނިގެންދާ ފުރަތަމަ ފަހަރެވެ. އެހެންކަމުން ގިނަ ބަޔަކު ތިބީ ދެމީހުންގެ އޮންސްކްރީން ކެމިސްޓްރީ ބަލައިލުމަށް ކެތްމަދުވެފަ އެވެ. ފިލްމުގައި ސޯނަމް އަދާކުރާނީ ޒޯޔާ ސޮލަންކީ ކިޔާ މީހެއްގެ ރޯލެވެ. ޒޯޔާ ނަމަކަށް ކިޔާ ކުއްޖާ އަކީ އިންޑިއާގެ ކްރިކެޓް ޓީމަށް "ލަކީ ޗާމް"އެކެވެ.
އެ ޓިީމަށް ލިބޭނެ އެންމެ ބޮޑު އެއް ކުރިއެރުން ވެސް މެ އެވެ. ސޯނަމް އާއި ދުލްކޭރުގެ އިތުރުން ފިލްމުން ދެން ފެނިގެންދާނީ ސޯނަމްގެ ބޮޑުބޭބެ ސަންޖޭ ކަޕޫރެވެ. ސަންޖޭ ފެނިގެންދާނީ ސޯނަމްގެ ބައްޕަ ރޯލުންނެވެ.