08 Mar 2019, 16:39
ކޮލަމްބޯ (މާޗް 8): ސްރީ ލަންކަން އެއާލައިންސްއިން އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން، ހަމައެކަނި އަންހެނުން ހިމެނޭ ކުރޫއަކާ އެކު ދަތުރެއް ބާއްވައިފި އެވެ.
ސްރީލަންކަން އެއާލައިންސް އިން ބުނި ގޮތުގައި އެއީ ހަމައެކަނި އަންހެނުން ހިމެނޭ ކުރޫއަކުން އެއެއާލައިންގެ ފްލައިޓެއް އޮޕަރޭޓު ކުރި ފުރަތަމަ ފަހަރެވެ. އެފްލައިޓު ވަނީ މިއަދު ކޮލަމްބޯއިން ސިންގަޕޫރަށް ދިޔުމަށް ފަހު އެނބުރި ކޮލަމްބޯއަށް ދަތުރު ކޮށްފަ އެވެ.
އެފްލައިޓުގެ ޕައިލެޓަކީ ކެޕްޓަން ސިމްރަން ގުމާން އެވެ. އަދި ފަސްޓް އޮފިސަރަކީ މަނީޝާ ނަމްބުގޭ އެވެ. މީގެ އިތުރުން ފްލައިޓުގައި ހަ ކުރޫ މެމްބަރުން ހިމެނުނެވެ.
In recognition of International Women's Day,SriLankan Airline's operated its first all female crew flight from Colombo to Singapore and return, UL306 /8th March’19 landed in Singapore a short while ago.#IWD2019#SriLankanAirlinespic.twitter.com/yiR2iszVjY
— SriLankan Airlines (@flysrilankan)March 8, 2019
ސްރީ ލަންކަން އެއާލައިންސްގެ އިތުރުން އެހެން ބައެއް ގައުމުތަކުގެ އެއާލައިންތަކުން ވެސް ވަނީ ހަމައެކަނި އަންހެނުން ހިމެނޭ ކުރޫއަކާ އެކު ދަތުރުތައް ބާއްވައިފަ އެވެ. އޭގެ ތެރޭގައި އެއާ އިންޑިއާ އާއި އިތިއޯޕިއަން އެއާލައިން ހިމެނެ އެވެ.