07 Mar 2019, 14:27
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުގެ ޗެއާމަންގެ މަގާމަށް ބޭފުޅަކު އައްޔަނު ކުރައްވައިފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން ބުނީ ހައްޖު ކޯޕަރޭޝަނުގެ ޗެއާމަން އަކަށް މއ. ބޮޑުދަހަރާގޭ ޑރ. މުހައްމަދު ކިނާނަތު އައްޔަނު ކޮށްފައިވާ ކަމަށެވެ.
ޑރ. ކިނާނަތަކީ މީގެ ކުރިން ވިލާ ކޮލެޖުގެ އިސް މަގާމުތަކެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އެނާ ޕީއެޗްޑީ ހާސިލްކުރެއްވީ އީކޮމާސްގެ ދާއިރާއިންނެވެ. މީގެ އިތުރުން ތައުލީމީ ދާއިރާ އިންވެސް މަތީ ތައުލީމު ހާސިލް ކުރައްވާފައި ވެއެވެ.
ހައްޖު ކޯޕަރޭޝަންގެ ޗެއާމަން އަކަށް މިއަދު ބޭފުޅަކު އައްޔަނު ކުރައްވާފައިވާއިރު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މިސަރުކާރުން އައްޔަން ކޮށްފައިވަނީ އިސްމާއީލް ހަމީދެވެ.