ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުން އޮފީހުގައި މަސައްކަތް ކުރާ އިރު، މިއަދުން ފެށިގެން ސެނިޓަރީ ނެޕްކިންސް ހިލޭ ލިބޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.

ބީއެމްއެލް އިން ބުނީ ސެނިޓަރީ ނެޕްކިންސް އަކީ އަންހެނުންނަށް ޒަަރޫރީ އެއްޗަކަށްވާ އިރު މަސައްކަތުގެ މާހައުލުން އެފަދަ ތަކެތި ފަސޭހައިން ލިބޭނެ ގޮތް ހެދުމަކީ އަންހެނުނަނަށް ލިބޭނެ ފަސޭހައަކަށް ވާނެ ކަމަށެވެ.

ބީއެމްއެލްގެ އެކި ބްރާންޗުތަކާއި ޑިޕާޓްމެންޓުތަކުގައި މަސައްކަތްކުރާ އަންހެނުންގެ އަދަދު 500 އަށް އަރާ އިރު އެ ބޭންކުގެ ހުރިހާ ބްރާންޗަކުން ވެސް މިއަދުން ފެށިގެން ސެނިޓަރީ ނެޕްކިންސް ހިލޭ ލިބޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

މައްސަރު ދުވަސްވަރު އަންހެނުން ބޭނުންކުރާ ޕެޑާއި ޓެމްޕޯންސް އިން ނަގާ ޓެކްސް މި ސަރުކާރުން ވަނީ އުވާލައިފަ އެވެ.