ކުރީގެ ރައީސް އަބަދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ބޭންކް އެކައުންޓް ފުރީޒްކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލައިގައި ހުކުމް އިއްވުމަށް މިއަދު ތާވަލުކުރި އަޑުއެހުން ކެންސަލްކޮށްފިއެވެ.

ޔާމީންގެ ގާނޫނީ ވަކީލު އަބްދުﷲ ޝިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ މައްސަލައިގެ އަޑުއެހުން ކެންސަލްކުރީ ކޯޓުގެ އިދާރީ ސަބަބަކާ ގުޅިގެން ކަމަށެވެ.

އެ މައްސަލާގައި އެންމެފަހުން ބޭއްވި ޝަރީއަތުގެ މަޖިލީހުހައި ފަނޑިޔާރުންގެ ބެންޗުން އިއުލާން ކޮށްފައި ވަނީ އިތުރު ކަމެއް ސާފުކުރަން ނެތްނަމަ ދެން އޮންނާނީ ހުކުމް އިއްވުމަށް ބާއްވާ އަޑުއެހުން ކަމަށެވެ.

އިދިކޮޅު ޕީޕީއެމް އިން ބުނެފައި ވަނީ އެމަނިކުފާނުގެ ބޭންކު އެކައުންޓު ފްރީޒްކޮށްފައި ވަނީ ސިޔާސީ މަންފާއެއް ހާސިލުކުރުމަށް ކަމަށެވެ.