12 Oct 2011, 15:56
ރާއްޖޭގެ އަންހެން ޤައުމީ ފުޓްބޯޅަ ޓީމާ ދެކޮޅަށް ރަހުމަތް ތެރިކަމުގެ މެޗެއް ކުޅުމަށް އަވަށްޓެރި ސްރީލަންކާގެ އާމްޑް ފޯސްގެ ފުޓްބޯޅަ ޓީމެއް މި މަހުގެ ފަހު ކޮޅު ރާއްޖެ އައުމަށް ހަމަޖެހިއްޖެ އެވެ.
މިދިޔަ ހޯމަ ދުވަހު އެފްއޭއެމް ހައުސްގައި އޮތް ނޫސްވެރިނެގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް އަލީ އާޒިމް ވިދާޅުވީ، ލަންކާގެ އާމްޑް ފޯސްގެ އަންހެން ފުޓްބޯޅަ ޓީމު މި މަހުގެ ފަހު ހަފުތާގެ ތެރޭގައި ރާއްޖެ އަންނާނެ ކަމަށެވެ. އެގޮތުން ލަންކާ ޓީމް މާލެ އައިސް، ރާއްޖޭގެ ގައުމީ އަންހެން ޓީމާ އެކު ރާހުމަތް ތެރިކަމުގެ ދެ މެޗު ކުޅޭނެ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.
މެޗަށް ތައްޔާރު ވުމުގެ ގޮތުން ރާއްޖޭގެ އަންހެން ޓީމުގެ ފަރިތަކުރުންތައް މިހާރު ވަނީ ފަށައިފަ އެވެ. އެގޮތުން ޓީމުގެ ފަރިތަކުރުންތައް ކުރިއަށް ދަނީ ޓާފް ދެ ނަންބަރު ދަނޑުގަ އެވެ.