06 Mar 2019, 18:37
މިއަހަރުގެ ރަމަޟާން މަހާ ދިމާކޮށް ރެޑްވޭވުން ރޯދަ ސޭލް ފަށައިފިއެވެ.
މި މަހުގެ އެކަކުން ރޯދަ މަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ސޭލުގައި ކުރާ ކޮންމެ 500 ރުފިޔާއިން މަތީގެ ވިޔަފާރިއަކަށް ކޫޕަން ދޭނެއެވެ.
ރެޑްވޭވުގެ މާލެ އަދި ހުޅުމާލޭގެ ފިހާރަތަކުގައި ކުރިއަށްގެންދާ މި ސޭލުގައި ކަސްޓަމަރުންނަށް ހިތްހަމަޖެހޭވަރުގެ ޑިސްކައުންޓެއްވެސް ލިބޭނެއެވެ. އެގޮތުން 10 ޕަސެންޓާ 50 ޕަސެންޓާ ދެމެދުގެ ޑިސްކައުންޓެއް މި ސޭލުން ދޭނެއެވެ.
ރެޑްވޭވުން ވިއްކާ އިލެކްޓްރޯނިކްސް އުފެއްދުންތަކާއި ފަރުނީޗަރުން ބޮޑު ޑިސްކައުންޓެއް ރޯދަ ސޭލްގެ ތެރެއިން ލިބެއެވެ.
ރެޑްވޭވު ރޯދަ ސޭލުގެ ގުރުއަތު ނަގާނީ ސޭލް ނިމުމުންނެވެ. ސޭލް ކުރިއަށްދާއިރު ކަސްޓަމަރުންނަށް ރޯދަ ހަދިޔާގެ ގޮތުގައި އިތުރު އިނާމުތައް ލިބޭނެއެވެ.