06 Mar 2019, 13:46
ފުލުހުންގެ ވަޒީފާ އިން ވަކިކުރުމުން އަލުން ވަޒީފާ ދިނުމަށް ހުކުމްކުރި ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ރިޔާޒު އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް (އޭސީޕީ)ގެ މަގާމަށް ޕްރޮމޯޓުކޮށްފި އެވެ.
ރިޔާޒު އޭސީޕީ އެއްގެ މަގާމަށް ޕްރޮމޯޓުކޮށް ލިޔުން ހަވާލުކޮށްފައި ވަނީ އިއްޔެ އެވެ. ލިޔުން ހަވާލުކޮށްދެއްވީ އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު (އެމްސީ) އެވެ.
ސުލޫކީ މައްސަލައެއްގައި ފުލުހުންގެ ވަޒީފާ އިން ވަކިކުރި ރިޔާޒަށް އަލުން ވަޒީފާ ދިނުމަށް ސިވިލްކޯޓުން އަމުރު ކުރީ މިދިޔަ ޑިސެމްބަރު މަހު އެވެ.
ރިޔާޒަށް ޕްރޮމޯޝަން ދިން އިރު ފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އަބްދުﷲ އަހުމަދު ވެސް ވަނީ އޭސީޕީ އަކަށް ޕްރޮމޯޓުކޮށް މަގާމުގެ ކުރިއެރުން ދިން ކަމުގެ ލިޔުން ހަވާލުކޮށްފަ އެވެ.
މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ފުލުހުންގެ ތެރެއިން ވަޒީފާގެ ކުރިއެރުން ދޭން ޖެހޭ ފަރާތްތަކަށް ކުރިއެރުން ދެމުންދާ ކަމަށެވެ.