ލ. ގަމުގައި ސައިކަލަކު އިން އަންހެނަކު ވެއްޓި ހާލު ސީރިއަސް ވެއްޖެއެވެ.

ގަމު ރީޖަނަލް ހޮސްޕިޓަލުން ބުނީ ސައިކަލުން ވެއްޓިގެން 50 އަހަރުގެ އަންހެނަކު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އޭނާގެ ހާލު ސީރިއަސް ކަމަށްވެސް ހޮސްޕިޓަލުން ބުންޏެވެ.

އަންހެން މީހާގެ ބޮލަށް ގެއްލުން ލިބިފައިވާ ކަމަށާއި މިހާރު ފަރުވާ ދެމުންދަނީ އައިސީޔޫގައި ކަމަށްވެސް ގަމު ހޮސްޕިޓަލުން ބުންޏެވެ.

"މާލެ ފޮނުވުމަށް އާސަންދަ ހަމަޖެއްސުމުގެ މަސައްކަތް މިދަނީ ކުރަމުން،" އެ ހޮސްޕިޓަލުން މައުލޫމާތު ދިން އޮފިޝަލު ވިދާޅުވިއެވެ.

ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 10:40 ގައި ކަމަށެވެ. ސައިކަލުގައި ދަތުރުކުރަމުން ދިޔައީ މަންމައަކާއި ދަރިއެއް ކަމަށްވެސް ފުލުހުން ބުންޏެވެ.