ފ. ފީއަލީގައި މަދިރީގެ ސަބަބުން ޖެހޭ ނުރައްކާތެރި ހުން، ޑެންގީ ފެތުރުމުގެ މައްސަލަ ބޮޑުވެފައިވާތީ، މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން، އެރަށުގެ ގޮނޑު ސަރަހައްދު އިއްޔެ ސާފުކޮށްފިއެވެ.

އެމްޓީސީސީން ބުނީ އެ އެމަސައްކަތުގެ ތެރެއިން މަދިރި އާލާ ވާގޮތަށް ފެންހަރުލާފައި ހުރި ކުންޏާއި އެހެނިހެން ކުންޏާއެކު، ފީއަލީ ގޮނޑު ސަރަހައްދުން 15 ޓަނުގެ 6 ލޮރީގެ ކުނި އިއްޔެ ނަގައިފައިވާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

އަދި އެމްޓީސީސީގެ ލީމާ ލޭންޑިންގ ކްރާފްޓުގައި ކުނިތައް ތިލަފުއްޓައް ގެނެސް، ކުނި ނައްތާލުމަށް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އާއި މިހާރު ހަވާލުކޮށްފައިވާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.