05 Mar 2019, 16:18
ސަގާފީ ތަރިކައިގެ ލިސްޓަށް ހިޔާލު ހުށަހެޅުމުގެ ފުުރުސަތު އާންމުންނަށް ހުޅުވާލައިފިއެވެ.
ހެރިޓޭޖް މިނިސްޓްރީން ބުނީ ރާއްޖޭގެ ސަގާފި ތަރިކައިގެ ލިސްޓެއް މިނިސްޓްރީން ތައްޔާރުކޮށްފައިވާ ކަމަށާއި އަދި އެ އެ ލިސްޓުގައި ހިމެނޭ ތަރިކައާއި ގުޅޭ މަޢުލޫމާތު ކަށަވަރުކުރުމަށްޓަކައި އާންމުންގެ ޚިޔާލު ބޭނުންވާ ކަމަށެވެ.
މިނިސްޓްރީން ބުނީ އެ ތަރިކައިގެ ލިސްޓް ތައްޔާރުކޮށްފައިވަނީ ރަށު ކައުންސިލްތަކާއި، ތާރީޙު ދިރާސާކުރައްވާ ބޭފުޅުންގެ ފޮތްތަކުން ލިބިފައިވާ މައުލޫމާތު ބޭނުންކޮށްގެން ކަމަށެވެ.
މިނިސްޓްރީން ބުނީ އެ ލިސްޓުގައި ހިމެނިފައިވާ އާސާރުތަކާއި ބެހޭގޮތުން ހިޔާލެއް ނުވަތަ މަޢުލޫމާތެއް ލިބިފައިވާނަމަ މިނިސްޓްރީގެވެބްސައިޓް މެދުވެރިކޮށް ފޯމް ފުރައްވައިގެން ނުވަތަ މިމިނިސްޓްރީގެ އީމެއިލް[email protected]އަށް އީމެއިލް ކޮށްގެންވެސް ހިޔާލު ހުށަހެޅޭނެ ކަމަށެވެ.
އާސާރީ ތަންތައް ރާއްކަތެރި ކުރުމަށްޓަކައި ގާނޫނެއްގެ ޑްރާފްޓްވެސް ވަނީ ދާދި ފަހުން އެކުލަވާލައިފައެވެ. ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވީ މިހާރު ހުރި ތަންތައް ރައްކާތެރި ކުރުމުގައި ހުރި އެންމެ ބޮޑު ގޮން ޖެހުމަކީ އެކަމަށް ގާނޫނެއް ނެތުން ކަމަށެވެ. އެހެން ނަމަވެސް ގާނޫނެއް އެކުލަވާލައި ފާސްކުރެވިއްޖެނަމަ އެކަން ވަރަށް ބޮޑު އެހީއަކަށް ވެ، ގާނޫނެއްގެ ތެރެއިން ޒިންމާތައް ކަނޑައެޅިގެންދާނެ ކަމަށް ޔުމްނާ ވިދާޅުވިއެވެ.