އެސްޓީއޯގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލު ކުރާނެ ޑިރެކްޓަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު އެކުންފުނިން މިއަދު ހުޅުވާލައިފިއެވެ.

އެ ކުންފުނިން މިއަދު ނެރުނު އިއުލާނުގައި ބުނެފައިވަނީ، މިއަދުން ފެށިގެން މިމަހު 27 ދުވަހުގެ ހަވީރު 4:00 އަށް އެ މަގާމަށް ޝަރުތު ހަމަވާ ފަރާތްތަކަށް މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.

އެގޮތުން ޝަރުތު ހަމަވާ ފަރާތްތަކުން "އެސްޓީއޯގެ ބޯޑު ޑިރެކްޓަރކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމް" އާއި އެފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހެޅަން ޖެހޭނީ އެސްޓީއޯގެ ރިސެޕްޝަނަށް ނުވަތަ[email protected]އަށް އީމެއިލް ކުރެވިދާނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.ފެކްސް ކުރާނަމަ ނަންބަރަކީ 3344533 އެވެ. މިފޯމް ކުންފުނީގެ ރިސެޕްޝަން އަދި ކުންފުނީގެ ވެބްސައިޓްwww.sto.mvއިން ލިބޭނެ ކަމަށް އެ ކުންފުނިން ނެރުނު އިއުލާނުގައި ވަނީ ބުނެފައެވެ.

ޑިރެކްޓަރުކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ކުންފުނިން ކޮށްފައިވާ އިއުލާން އަދި "ބޯޑު ކެނޑިޑަސީ ގައިޑްލައިން" ގައި ބަޔާންކޮށްފައި ވާނެ ކަމަށާއި އެ ޑޮކިއުމަންޓްތައް ކުންފުނީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އިއުލާނުގައި ވަނީ ބުނެފައެވެ.

ފޯމް ހުށަހަޅާ ފަރާތްތަކާއި ކުންފުނީގެ ނޮމިނޭޝަން އެންޑް ރެމިއުނަރޭޝަން ކޮމިޓީއިން އިންޓަވިއުކުރާނެ. މިއިންޓަވިއުއިން ޝޯޓް ލިސްޓު ކުރާ ކެނޑިޑޭޓުންގެ ތެރެއިން މިމަގާމަށް އިންތިހާބު ކުރުމަށްޓަކައި އަހަރީ އާންމު ޖަލްސާއަށް ހުށަހަޅާނެ ނަންތައް ކަނޑައަޅާނީ ޑިރެކްޓަރުންގެ ބޯޑުން. މިގޮތުން ބޯޑުން ކަނޑައަޅާ ފަރާތްތަކުގެ މަޢުލޫމާތު، ކުންފުނީގެ ޕޮލިސީތަކާއި އެއްގޮތަށް އާންމު ކުރެވޭނެ،" އެސްޓީއޯގެ ބޯޑުގެ ޑިރެކްޓަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލާ ކޮށްފައިވާ އިއުލާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، ސަރުކާރު ތަމްސީލްކުރާ ޑިރެކްޓަރުންނަށް ބަދަލެއް ގެންނަން ބޭނުންވާނަމަ މިމަހުގެ 27 ވަނަ ދުވަހު ހަވީރު 4:00 ގެ ކުރިން އެކަން އެކުންފުންޏަށް އަންގައިދިނުމަށް އެދި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް މިއަދު ހުށަހަޅާފައިވާ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.