05 Mar 2019, 01:01
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންބަރު ތަރުތީބުކުރުމުގެ މަސައްކަތް ފަށައިފިއެވެ. މަޖިލީހަށް ވާދަކުރާ މީހުންގެ ކެންޑިޑޭޓު ނަންބަރު ތަރުތީބުކުރުން ރޭ 8:30 ގައި ފެށި އިރު، މިރޭގެ މެންދަމު 3:30 އާ ހަމައަށް ގުރު ނެގުން ކުރިއަށް ދާނެއެވެ.
އަންނަ މަހު ހަވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިހާބުގައި 87 ދާއިރާ އަކަށް 407 ބޭފުޅުން ފޯމު ހުށަހެޅުއްވި އެވެ. އޭގެތެރެއިން އިލެކްޝަންސް ކޮމިޝަނުން ގަބޫލުކޮށްފައިވަނީ 398 ކެންޑިޑޭޓުންގެ ކެންޑީޑަސީ ފޯމެވެ.
އިލެކްޝަންސް ކޮމިޝަނުން 398 ކެންޑީޑޭޓުންގެ ކެންޑިޑޭޓް ނަންބަރު ތަރުތީބު ކުރުމަށް ގުރުއަތު ނެގެން ފެށީ މިރޭ 8:30 ގައެވެ. ގުރުއަތުލުން ކުރިއަށް ދަނީ ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ކެންޑިދަސީ ފޯމު ހުށަހެޅި ތަރުތީބުން ފުރުސަތު ދީގެންނެވެ. ކެންޑިޑޭޓު ނުވަތަ ކެންޑިޑޭޓުންގެ ފަރާތުން މަންދޫބަކު ހާޒިރު ނުވެއްޖެ ނަމަ އެ ކެންޑިޑޭޓެއްގެ ގުރުއަތު ނަންބަރު ނަގަނީ އިލެކްޝަންސްގެ އޮފިޝަލެކެވެ.
ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ކެންޑިޑެޓުންގެ ނަންބަރު ތަރުތީބު ކުރަނީ ފަސް ދަންފަޅިއަކަށް ބަހާލައިގެންވެ. ކޮންމެ ދަންފަޅިއެއްގެ ދެމެދުގައި ހުސްވަގުތުކޮޅެއް ނަގައެވެ. އިލެކްޝަންސް ކޮމިޝަނުން 87 ދާއިރާގެ ނަންތައް ތަރުތީބުކުރުމަށް ތާވަލްކޮށްފައިވާ ގޮތުން 398 ކެންޑިޑޭޓުންގެ ކެންޑީޑޭޓް ނަންބަރު ތަރުތީބުކޮށް ނިމޭނީ މިރޭ މެންދަމު 3:30 އަށެވެ.
އިލެކްޝަންސް ކޮމީޝަންގް ތަރުޖަމާނު އަދި މެމަބަރު މިރޭ "ސަން" އަށް ވިދާޅުވީ، ކެންޑިޑޭޓުންގެ ކެންޑިޑޭޓުންގެ ނަންބަރު ތަރުތީބު ކުރަމުންދާ އިރުވެސް ނަން އަނބުރާ ނެގުމުގެ ފުރުސަތު އޮންނާނެ ކަމަށާއި ނަމަވެސް ނަންބަރު ތަރުތީބު ކުރުމަށް ފަހު ނަން ނެގުމުގެ ފުރުސަތު ބަންދުވާނެ ކަމަށެވެ.
ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އަކްރަމް ވިދާޅުވީ މިހާރުވެސް ބައެއް ކެންޑީޑޭޓުންގެ ނަންތައް ނަގާފައިވާ ކަަމަށާއި ނަން ނެގި ކެންޑިޑޭޓުންގެ ފުރިހަމަ އަދަދު ޔަގީން ވާނީ 87 ދާއިރާގެ ކެންޑީޑޭޓުންގެ ކެންޑިޑޭޓް ނަންބަރުތައް ތަރުތީބު ކުރުމުން ކަމަށެވެ.
މަޖިލިސް އިންތިހާބު ވޯޓު ދިނުމުގެ ހައްގު ލިބިގެންވަނީ، 264،589 މީހުންނަށެވެ. މިއީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވޯޓު ލިބުމުގެ ހައްގު ލިބިފައިވާ މީހުންނަށް ވުރެ، 2،454 މީހުންގެ އިތުރުވުމެކެވެ. ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައި ވަނީ 262,135 މީހުންނަށް ކަމަށެވެ.