Back
Nov 24, 2025 SUN
SUN

ނޭކުރެންދޫގައި އަސާސީ ހިދުމަތް ފުރިހަމަ ނުވާތީ ކަންބޮޑުވުން ރައީސްއާ ހިއްސާ ކުރައްވައިފި

ނޭކުރެންދޫގައި އަސާސީ ހިދުމަތް ފުރިހަމަ ނުވާތީ ކަންބޮޑުވުން ރައީސްއާ ހިއްސާ ކުރައްވައިފި
Lead photo

ހދ. ނޭކުރެންދޫ ގައި އަސާސީ ހިދުމަތް ފުރިހަމަ ނުވާތީ އެކަމުގެ ކަންބޮޑުވުން އެ ރަށު ކަންސިލުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ހިއްސާ ކުރައްވައިފި އެވެ.

މިއަދު ނޭކުރެންދޫ ކައުންސިލުން ވަނީ އެބޭފުޅުންގެ ކަންބޮޑުވުންތައް ހިއްސާ ކުރެއްވުމަށް ރައީސް ސޯލިހާ ބައްދަލުކުރައްވާ ފައަވެ.

މިއަދު މެންދުރު ފަހު، ރައީސް އޮފީހުގައި އޮތް މި ބައްދަލު ކުރެއްވުމުގައި ނޭކުރެންދޫގެ މިހާރުގެ ހާލަތާއި އެރަށު ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމާ ބެހޭ މައުލޫމާތު ކައުންސިލްގެ ފަރާތުން ރައީސް ސޯލިހާ ހިއްސާ ކުރެއްވިއެވެ.

އެގޮތުން ރަށުގައި ބައެއް އަސާސީ ޚިދުމަތްތައް ފުރިހަމަވެފައި ނެތުމުން ދިމާވަމުންދާ ދަތިތަކާއި، އުމްރާނީ ވަސީލަތްތައް މަދުވުމުން ކުރިމަތިވާ ގޮންޖެހުންތައް އެ ރަށު ކައުންސިލުން ވަނީ ރައީސް ސޯލިހާ ހިއްސާ ކުރައްވާފައެވެ. އަދި، އެފަދަ ސަބަބުތަކާހުރެ ނޭކުރެންދޫގެ ގިނަ އަދަދެއްގެ ރައްޔިތުން ރަށުން ބޭރަށް ހިޖުރަ ކުރަމުންދާކަން ފާހަގަ ކުރައްވައި، އެކަމުގެ ކަންބޮޑުވުން ކައުންސިލް މެންބަރުން ފާޅުކުރެއްވިއެވެ.

މީގެ އިތުރުން، ކައުންސިލް ގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި މުވައްޒަފުންގެ ދަތިކަން ކުރިމަތިވަމުންދާކަންވެސް ނޭކުރެންދޫ ކައުންސިލުން ފާހަގަ ކުރެއްވިއެވެ. އަދި، ޒުވާނުންނަށް އާމްދަނީ ލިބޭނެ މަގު ތަނަވަސްކޮށްދިނުމުގެ ގޮތުން ރަށުގައި ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމުގެ މުހިންމު ކަމާއި ކުޅިވަރު ކުޅޭނެ ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން އެފަދަ ވަސީލަތްތައް ގާއިމު ކުރުމުގެ މުހިންމު ކަން ކައުންސިލުން ރައީސް ސޯލިހާ ހިއްސާ ކުރެއްވިއެވެ.

މިބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންނަށް ބޭނުންވެފައިހުރި ކަންކަން ފުރިހަމަ ކޮށްދެއްވުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

ރައީސް ސޯލިހް ރަށްރަށުގެ ކައުންސިލްތަކާ ބައްދަލު ކުރެއްވުމަށް ފަހު އެ ރަށް ރަށުގެ ކައުންސިލްތަކުގެ ކަންބޮޑުވުންތައް ދަނީ އައްސަވަމުންނެވެ. އަދި އެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދަވައިދެއްވާނެ ކަމަށް ވެސް ވިދާޅުވައެވެ.

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics