04 Mar 2019, 19:19
ސަގާފީ ތަރިކަތައް ރައްކާތެރިކުރުމަށް ހަދާ ގާނޫނުގެ ޑްރާފްޓަށް އާންމުން ހިޔާލު ހުޅުވާލަން ނިންމައިފިއެވެ.
ހެރިޓޭޖް މިނިސްޓްރީން މިއަދު ބޭއްވި އެ ކޮންފަރެންސްއެއްގައި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވީ އެ ގާނޫނުގެ ޑްރާފްޓް އެކުލަވާލައި އެކަމާ ގުޅުން ހުރި ދާއިރާތަކާ މަޝްވަރާތައް މިހާރު ކުރިއަށްދާކަމަށެވެ.
"މިނިސްޓްރީތަކާ އަމިއްލަ ފަރާތްތަކާވެސް މިދާއިރާގެ ތަޖުރިބާކާރުންގެ ހިޔާލު ހޯދަނީ މި ޑްރާފްޓްގެ ބިލަށް. އިރާދަކުރެއްވިއްޔާ މި ބިލަށް އާންމުންގެ ހިޔާލަށް ހުޅުވާލާނަން،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މިހާރު ހުރި ތަންތައް ރައްކާތެރި ކުރުމުގައި ހުރި އެންމެ ބޮޑު ގޮން ޖެހުމަކީ އެކަމަށް ގާނޫނެއް ނެތުން ކަމަށެވެ. އެހެން ނަމަވެސް ގާނޫނެއް އެކުލަވާލައި ފާސްކުރެވިއްޖެނަމަ އެކަން ވަރަށް ބޮޑު އެހީއަކަށް ވެ، ގާނޫނެއްގެ ތެރެއިން ޒިންމާތައް ކަނޑައެޅިގެންދާނެ ކަމަށް ޔުމްނާ ވިދާޅުވިއެވެ.
"ކައުންސިލްގެ ޒިންމާއަކީ ކޮބައިތޯ، މިނިސްޓްރީގެ ޒިންމާއަކީ ކޮބައިތޯ، އަދި ގިނަ އާސާރީ ތަންތަނަކީ މިސްކިތްތަކަށް ވާތީ ރާއްޖޭގައި އާދޭ އިސްލާމިކް މިނިސްޓްރީގެ ދައުރެެއްވެސް، އެހެން ނަމަވެސް ދައުރުތައް ހަގީގަތުގައި ސާފުނުވެ އޮތުމުން ވަރަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެގެން ގޮސްމިވަނީ،" އޭނާ ވިދާޅުވިއެވެ.
އެ ގާނޫނުގެ ދަށުން އާސާރީ ތަންތަން ފަދަ ތަންތަނަށް ގެއްލުން ދޭނަމަ އެކަން ކުށެއްގެ ގޮތުގައި ކަނޑައަޅައި ޖޫރިމަނާ ކުރެވޭނެ ގޮތްތައް އެ ޑްރާފްޓައި އެކުލަވާލައި ބަންޑާރަނައިބާ މިހާރު މަޝްވަރާ ކުރަމުންދާކަމަށް ޔުމްނާ ވިދާޅުވއިެވެ.