ވޮޝިންޓަން (މާޗް 4): އެމެރިކާގެ އަލަބާމާއަށް އިއްޔެ ނަގޫރޯޅިތަކެއް އަރައި، 23 މީހުން މަރުވެއްޖެ އެވެ.

އަލަބާމާގެ ލީ ކައުންޓީގެ ޝެރިފް ޖޭ ޖޯންސް ވިދާޅުވި ގޮތުގައި ނަގޫރޯޅީގެ ސަބަބުން ސުންނާފަތިވެފައިވާ ގެތަކުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ. އަދި މަރުވި މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ.

އެނަގޫރޯޅިތަކުގެ ސަބަބުން 10،000އަށް ވުރެ ގިނަ މީހުންނަށް ވަނީ ކަރަންޓާ ނުލައި ދިރިއުޅެން ޖެހިފަ އެވެ. އަދި އަލަބާމާގެ ގަވަރުނަރު ކޭ އައިވީ ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި މޫސުން އިތުރަށް ގޯސްވުން އެކަށީގެންވާ ކަމަށް ވިދާޅުވެފަ އެވެ.

އަލަބާމާގެ އިތުރުން ޖޯޖިއާ، ފްލޮރިޑާ އަދި ސައުތް ކެރޮލައިނާއަށް ވެސް މީގެ ކުރިން ނަގޫރޯޅިއެއް އަރާފާނެ ކަމުގެ އިންޒާރު ނެރުނެވެ.