04 Mar 2019, 13:55
ސެމްސަންގުގެ އެންމެ ފަހުގެ ސްމާޓް ފޯނު ސެމްސަންގް ގެލެކްސީ އެސް 10 ގެ މޮޑެލްތައް މިރޭ ދިރާގުން ރާއްޖެއަށް ތައާރަފު ކުރާނެއެވެ.
ދިރާގުން ވަނީ އެސް10 ލޯންޗު ކުރުމަށް މިރޭ ބްރިޖު ވިއުއިން ޕްލެޓްފޯމުގައި ހާއްސަ އިވެންޓެއް ބާއްވަން ނިންމައިފައެވެ. މި އިވެންޓުގައި ސެމްސަންގް އިލެކްޓްރޯނިކްސްގެ ރީޖަނަލް ބްރާންޗްގެ އިސްވެރިން ބައިވެރިވާނެއެވެ.
މި ހަފުލާގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ސެމްސަންގް އެސް10 ފޯނު ދައްކާލާނެއެވެ.
މި އިވެންޓަށް ވަޑައިގަންނަވާ ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި އެއް ފަރާތަށް އެސް10 ޕްލަސް އެއް ދޭނެ ކަމަށްވެސް ދިރާގުން ބުންޏެވެ.
ދިރާގުން ބުނީ އެ ކުންފުނިން އަބަދުވެސް ދިރާގުން ބާޒާރަށް ނިކުންނަ އެންމެ ފަހުގެ ޕްލޭގްޝިޕް ފޯނުތައް ކަސްޓަމަރުންނަށް ލުއިފަސޭހަކޮށް ލިބޭނެގޮތް ހެދުމަށް ކަމަށެވެ.
We're excited to bring you the Maldives Official Launch for Galaxy S10 & S10+!
Join us tonight for the launch event and stand a chance to WIN a Galaxy S10+ ????
???? 2015 hrs
???? Bridge Viewing Platformpic.twitter.com/sDSVYHLuaP— Dhiraagu (@Dhiraagu)March 4, 2019
ސެމްސަންގެ ގެލެކްސީ އެސް 10 އަމިއްލަ އަށޤ ތަޖުރިބާ ކުރުމުގެފުރުސަތު މިރޭ ލިބޭނެއެވެ.
ސެމްސަންގެ ގެލެކްސީ އެސް 10 އަދި އެސް 10 ޕްލަސްއަކީ ސެމްސަންގ ގެލެކްސީ ސީރީޒްގެ 10 ވަނަ އަހަރީ ފޯނެއެވެ.
ސެމްސަންގް އެސް 10 ޕްލަސްގައި ޖުމްލް 5 ކެމެރާ (2 ފްރަންޓް ކެމެރާ، 3 ބެކް ކެމެރާ)، އޮން ސްކްރީން ފިންގަރ ޕްރިންޓް އަދި ވަޔަރލެސް ޕަވަރ ޝެއަރިން ފީޗާ ހިމެނެއެވެ.
ދިރާގަކީ ރާއްޖޭގައި ސެމްސަންގްގެ އޮތޮރައިޒްޑް ޑިސްޓިރިބިއުޓަރެވ. ދިރާގުން ދަނީ 2015 ވަނަ އަހަރުން ފެށިގެން ސެމްސަންގާއި ގުޅިގެން ރާއްޖޭގައި ސެމްސަންގް ގެ ފޯނުތައް ރަސްމީ ކޮށް ތައާރަފު ކުރަމުންނެވެ.