އަލީ އައްބާސް ޒަފަރު ޑައިރެކްޓް ކުރާ ފިލްމު "ބާރަތު"ގެ ޝޫޓިން ކާމިޔާބުކަމާ އެކު ނިންމާލައިފިއެވެ.

ސަލްމާން ހާން ލީޑު ރޯލުން ފެނިގެންދާ އެ ފިލްމުގެ ޝޫޓިން ފެއްޓީ މިދިޔަ އަހަރު މެދުތެރޭގައެވެ. ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި ޝޫޓިން ކުރިއަށް ދިޔަ ގޮތާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށް ވެސް ޑައިރެކްޓަރު ބުންޏެވެ.

އެ ފިލްމުގެ މަންޒަރުތަކެއް އިންޑިއާގެ އިތުރުން އަބޫދާބީއާއި މޯލްޓާގައިވެސް މީގެ ކުރީން ވަނީ ނަގާފައެވެ.

އެ ފިލްމުގައި ސަލްމާންއާ އެކު ލީޑު ރޯލުން ފެންނާނީ ކެޓްރީނާ ކައިފެވެ. އަދި އެ ފިލްމުން ފެންނާނެ ތަރިންގެ ތެރޭގައި ޖެކީ ޝްރޮފް، ތައްބޫ، ޑިޝާ ޕަޓްނީ، އަދި "ދިލްބަރް" ލަވައިން ބޮޑު މަގުބޫލުކަމެއް ހޯދި ނޯރާ ފަތުހީ ހިމެނެއެވެ. އަދި ވަރަށް ހާއްސަ ފެނިލުމަކުން ވަރުން ދަވަން ފެންނާނެ އެވެ. ޖެކީ ޝްރޮޕް "ބާރަތު"ގައި ކުޅެނީ ސަލްމާންގެ ބައްޕަގެ ރޯލެވެ.

ބާރަތު" ބެލުންތެރިންނާ ހަމަޔަށް އަންނާނީ މި އަހަރުގެ ފިތުރު އީދުގައެވެ.