04 Mar 2019, 08:50
އިނގިރޭސިވިލާތުގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޒޭން މާލިކް 25، އާއި އެމެރިކާގެ މޮޑެލް ޖީޖީ ހަދީދް 23، އާ އަލުން ގުޅިއްޖެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ދެ ފަންނާނުން މިދިޔަ އަހަރު ރުޅިވިއިރު އެކަން ވަނީ ދެ މީހުން ވެސް ކަށަވަރުކޮށްދީފައެވެ. އަދި އެމީހުންވަނީ އެކަކު އަނެކަކަށް އަންފޮލޯވެސް ކޮށްފައެވެ.
ނަމަވެސް މަންޒަރު ބަދަލުވެގެންދިޔައީ ދާދި ފަހުން ޒޭން ކޮށްލި ޓްވީޓަކާ ގުޅިގެންނެވެ. އެ ޓްވީޓާ ގުޅިގެން ގިނަ ބައެއްގެ ހިތުގައި ވަނީ ސުވާލު އުފެދިފައެވެ. އޭނާ ކުރި ޓްވީޓްގައި ބުނީ އޭނާ ޖީޖީ ދެކެ ވަރަށް ލޯބިވާ ކަމަށެވެ.
@GiGiHadidlove you
— zayn (@zaynmalik)March 2, 2019
އެ ޓްވީޓަށް ޖީޖީ އަދި ޖަވާބެއް ދީފައިނުވާއިރު ގިނަ ބަޔަކު ތިބީ ދެފަންނާނުން އަލުން ގުޅޭނެ ކަމުގެ އުންމީދުގައެވެ.
ޖީޖީ ވަނީ ޒޭންއާ ރައްޓެހިވުމުގެ ކުރިން ލަވަކިޔުންތެރިޔާ ޖޯ ޖޯނަސްއާ ރައްޓެހިވެގެން އުޅުމަށް ފަހު ރުޅިވެފައެވެ. ޒޭން ވެސް ވަނީ ލަވަކިޔުންތެރިޔާ ޕެރީ އެޑްވާޑްސްއާ ރައްޓެހިވެގެން އުޅުމަށް ފަހު 2015ގައި ރުޅިވެފައެވެ.
ޒޭން ވަނީ ދާދި ފަހުން ބޮލީވުޑްގެ ލަވައެއްގެ ރީމޭކް އެއް ވެސް ހަދައިފައެވެ.