ހަޔާތުގައި ވަރަށް ހާއްސަ ބައިވެރިއަކު މިހާރު އެބަހުރިކަމަށް ބޮލީވުޑްގެ އެންމެ ނުފޫޒުގަދަ އެއް ބަތަލާ ކަންގަނާ ރަނައުތު ބުނެފިއެވެ.

ބޭރުގެ ނޫހަކަށް ދިން އިންޓަވިިއުއެއްގައި ކަންގަނާ ބުނީ އެ މީހާ އާ އެކު ޒަވާޖީ ހަޔާތެއް ފަށައިގެން ވަރަށް ލޯބިން ދިރިއުޅެން ބޭނުންވާ ކަމަށާއި މިވަގުތު ދިރިއުޅެމުން ދަނީ ވަރަށް އުފަލާ ހިތްހަމަޖެހުމާއެކު ކަމަށެވެ.

"ހަޔާތުގައި ސީރިއަސް ބައިވެރިޔަކު ބޭނުންވާ އުމުރަށް އައިސްފައި. [މިވަނީ]. ބޭނުން ކައިވެނިކޮށް ދަރިން ހޯދާ ހަމަޖެހޭ ދިރިއުޅުމެއް،"

އޭނާ ބުނީ ބޭނުންވަނީ އޭނާ ދެކެ ވަރަށް ތެދުވެރި ލޯބިވާ މީހެއްކަމަށެވެ. ހަޔާތުގައި ހާއްސަ ބައިވެރިއަކު ހުރިނަމަވެސް އޭނާ ވަނީ އެއީ ކާކުކަން މީޑިއާއަށް ސިއްރުކޮށްފައެވެ.

"އަހަރެންނަކީ އަބަދުވެސް ވަރަށް ރޮމޭންޓިކް މީހެއް. މާޒީގައި އެބަހުރި ވަރަށް ހިތްދަތި ކަންތައްތަކާ ކުރިމަތިލާންޖެހިފައި. ވަރަށް އުނދަގުލުން އެކަންތައްތަކުން އަރައި ގަނެވުނީ،"

ޖެނުއަރީ މަހު ރިލީޒް ކުރި "މަނިކަރްނިކާ: ދި ކްއީން އޮފް ޖާންސީ" އަކީ އޭނާ ޑައިރެކްޝަންގެ ދާއިރާއަށް ނުކުތް ފުރަތަމަ ފިލްމެވެ.

ކަންގަނާ ވަނީ ބޮލީވުޑްގެ ކާމިޔާބު ތަރި ރިތިކް ރޯޝަންއާ ވެސް ލޯބީގެ ގޮތުން ގުޅިފައެވެ. އަދި އަދިތިޔާ ޕަންޗޯލީއާ ވެސް އޭނާ ވަނީ ގުޅިގެން އުޅެފައެވެ.