03 Mar 2019, 20:48
އައްޑޫގެ ސިޓީ ހިތަދޫގައި ހުންނަ މަސްފެކްޓްރީގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި އެވެ.
އެމްއެންޑީއެފުން މިރޭ ބުނީ އެ ހާދިސާ ރިޕޯޓްކޮށްފައި ވަނީ ހަވީރު 05:53ގައި ކަމަށެވެ. އަދި ބުނީ އަލިފާން ނިއްވުމަށް އެމްއެންޑީއެފްގެ ސަދަން އޭރިއާ ހިތަދޫގެ ފަޔާ ސްޓޭޝަނުން ހަރަކާތްތެރިވެފައިވާ ކަމަށެވެ.

އައްޑޫ މަސް ފެކްޓްރީގައި ރޯވެ އަނދަނީ-- ފޮޓޯ: އެމްއެންޑީއެފް
އެމްއެންޑީއެފުން ބުނީ އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށާއި އަދި ރޯވުމުން މަސްފެކްޓްރީއަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށެވެ. ގެއްލުންތަކުގެ ތަފްސީލްއެއް ނުދެ އެވެ.

އައްޑޫ މަސް ފެކްޓްރީގައި ރޯވެ އަނދަނީ-- ފޮޓޯ: އެމްއެންޑީއެފް